ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި  އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު  19   މެއި 2024  އިން ފެށިގެން ހުޅުވާލަމެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 19   މެއި 2024  އިން  ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން  13:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ.

                    ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފޯމް" ފުރުއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިފޯމު މިއިދާރާއިން ލިބެންހުންނާނެއެވެ. މި އިއުލާނާއިއެކު ފަޤީރުންނާއި މިސްކީންގެ ދަފްތަރު އެކުލަވާލުމުގެ އުސޫލާއި، ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ.

         ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

19 މޭ 2024
ހޯދާ