މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
5144 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ހުޅުވާލުން :

މި އިޢުލާންވަނީ 19 މޭ 2024 14:09 ގައި ބާތިލް ކުރެވިފައެވެ.


ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިރަށުން އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 19 މޭ 2024 އިން ފެށިގެން ހުޅުވާލަމެވެ.

މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާ ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، މިއަހަރު މުދަލު ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 08 ޖޫން 2024 ގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައި މައުލޫމާތަށްޓަކައި ދެންނެވީމެވެ.

ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމު ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ކައުންސިލުން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފޯމުގައި ދެވިފައިވާ އިރުޝާދުތަކާއި އެއްގޮތަށް ލިޔުންތައް ހަމަކޮށް ކައުންސިލަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.

19 މޭ 2024
ހޯދާ