މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމު ހުށައެޅުމާއިގުޅޭ


އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް، 2024 މެއި 19 އިން ފެށިގެން ވަނީ ފުރުޞަތު ހުޅުވާލާފައެވެ. ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 ން 14:00 އަށް ކައުންސިލުން ލިބެންހުންނާނެއެވެ.

މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާއި ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފޯމުގައި ދެވިފައިވާ އިރުޝާދުތަކާއި އެއްގޮތަށް ލިޔުންތައް ހަމަކޮށް ކައުންސިލަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.

19 މޭ 2024
ހޯދާ