ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީގައި ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކާއި އެގޯތިތަކާއި އިންވެގެން ހުރި މަގުތައް ސާފުކުރުމާއި ގުޅޭ

 ކުޅުދުއްފުށިން ދިރިއުޅުމަށް ދޫކުރެވިފައިވާ ބައެއް ގޯތިތަކާއި އެގޯތިތަކާއި އިންވެގެން ހުރި މަގުތައް ސާފުކޮށް ބަލަހައްޓަމުން ނުދާކަން ވަނީ މި އިދާރާއަށް ފާހަގަ ކުރެވިފައެވެ. ކުޅުދުއްފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ގޯތިތެރެއާއި ގޯއްޗާއި އިންވެގެން އޮންނަ މަގުތައް ކުނިކަހައި، ވިނަނޮޅާ ސާފުކޮށް ބަލަހައްޓަންވާނެކަމަށް ޝަރުތުކުރެވިފައިވެއެވެ.

              އެހެންކަމުން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރެވިފައިވާ ފަރާތްތަކުން، ގޯތި ދޫކުރެވުނުއިރު ކޮށްފައިވާ ޝަރުތުތަކާއެއްގޮތަށް ގޯތިތެރެއާއި ގޯއްޗާއި ގުޅިފައިވާ މަގުތައް ވިނަނޮޅާ ކުނިކަހައި ސާފުކުރުމަށް އިލްތިމާސް ކުރަމެވެ.

 

19 މޭ 2024
ހޯދާ