ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ކުރުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލުން

އިޢުލާން 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ކުރުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލުން

           ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް  ފޯމް   ހުށަހެޅުމުގެ ފުރުޞަތު 2024 މެއި 19 އިން 2024 ޖޫން 06 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

           ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން 2024 ޖޫން 06 ވަނަދުވަހުގެ 13:00 ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި މިތާރީޚުގެ  ފަހުން  ހުށަހަޅުއްވާ ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ. "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ  ފޯމު"  ކައުންސިލް އިދާރާއިން 19 މެއި 2024 ން ފެށިގެން ރަސްމީގަޑީގައި ލިބިވަޑައިގަންނަވާނެއެވެ.

           މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ޛުލްޤަޢިދާ 1445

19 މެއި    2024

19 މޭ 2024
ހޯދާ