މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

 

                                                          

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

 

08 މެއި 2024 ވަނަ ދުވަހު ގެޒެޓްކުރެވިފައިވާ ފަޤީރުންނާއި މިސްކީންގެ ދަފްތަރު އެކުލަވާލުމުގެ އުސޫލާއި އެއްގޮތަށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަން ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު 19 މެއި 2024 ވަނަ ދުވަހުން ފެށިގެން ޢާންމުކޮށް ހުޅުވާލަމެވެ.

 ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފޯމް" ފުރުއްވުމަށްފަހު 08 ޖޫން 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިފޯމު މިއިދާރާއިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.   

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

              11 K 1445

            19 މެއި 2024

19 މޭ 2024
ހޯދާ