ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ސ. ހިތަދޫ ފިހާރައަށް ގެންދެވޭ، ހިލަ، އަދި ހިލަވެލި އެއް އަހަރުގެ މުއްދަތަށް ބަސްތާތަކަށް ރީޕެކް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެސްޓީއޯ ސ. ހިތަދޫ ފިހާރައަށް ގެންދެވޭ، ހިލަ އަދި ހިމުންވެލި އެއްއަހަރުދުވަހުގެ މުއްދަތަށް، ބަސްތާތަކަށް ރީޕެކްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

1. މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

2. ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:

2.1  ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ

2.2   ކުންފުނީގެ ހިއްސާދާރުން/ވެރިފަރާތުގެ އައި.ޑީކާޑް ކޮޕީ

 

 3 ރަޖިސްޓަރީ ކުރުން:

3.1   ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2024 މޭ 26 ވަނަ ދުވަހު 1100ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓަރ ކުރަންވާނެއެވެ.

     އީމެއިލް އެޑްރެސް: [email protected]

 

 4 ބީލަންކަރުދާސް ދޫކުރުން:

4.1  ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް، 2024 މޭ 27 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލް މެދުވެރިކޮށް ބީލަން ކަރުދާސް ފޮނުވޭނެއެވެ.

 

މައުލޫމާތު ދިނުން:

5.1 ރަޖިސްޓަރީ ކޮއްފައިވާ ފަރާތްތަކަށް 2024 މޭ 28 ވަނަ ދުވަހު 1100 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ސ. ހިތަދޫ ފިހާރައިގައި އޮންނާނެއެވެ.

 

 6 ބީލަންކަރުދާސް:

6.1 ބީލަންކަރުދާސް ހުށަހަޅަންވާނީ 2024 ޖޫން 2 ވަނަ ދުވަހު 1100،[email protected]  އީމެއިލް އެޑްރެސް އަށެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ފޮނުވާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

      ފޯނު:   3344167، 1422

     އީމެއިލް: [email protected]    

19 މޭ 2024
ހޯދާ