ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ލޮއި ކުރެންދޫ މަދަހަ މުބާރާތް 1446"

އިޢުލާން

"ލޮއި ކުރެންދޫ މަދަހަ މުބާރާތް 1446" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

މި ކައުންސިލްގެ ފަރާތުން ރަށުފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ލޮއި ކުރެންދޫ މަދަހަ" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 16 މެއި 2024 ން 11 އޮގަސްޓު 2024ވަނަ ދުވަހުގެ 13:00ގެ

ނިޔަލަށްވަނީ ހުޅުވާލެވިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާގޮތަށެވެ.

1. މުބާރާތް ހުޅުވާލެވިފައިވާ ފަރާތްތައް:

މި މިބާރާތުގައި ބައިވެރިވެވޭނީ

  ހ- ކުރެންދޫގެ ރަށްވެއްސެއް ކަމުގައިވުން.

  ށ- މަންމަ ނުވަތަ ބައްޕަ އަކީ ކުރެންދޫގެ ރަށްވެއްސެއް ކަމުގައިވުން.

  ނ- ޅ. އަތޮޅު މަދަރުސާގަ ތަޢުލީމު ޙާސިލް ކުރަމުންދާ ދަރިވަރެއްކަމުގައިވުން

  ރ- ކުރެންދޫގަ ދިރުއުޅޭތާ 6 މަސްވެފައިވާ ފަރާތެއްކަމުގައިވުން

 

2. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާގޮތް:

މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އުމުރުފުރާތައް ވަކިވަކިންނެވެ. މުބާރާތުގައި 2 ސެގްމެންޓް (ވަކިވަކި މަދަހަ އަދި ގުރޫޕް މަދަހަ) ހުށައެޅޭނެއެވެ. މުބާރާތުގައި މަދަޙަ ހުށަހެޅުމަށް ލިބޭނީ 1 ފުރުސަތެވެ.

ހުށަހެޅޭ މަދަހަ ތަކަށް ޖަޖުކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ވަނަވަނަ ހޮވޭނެއެވެ. ޕޮއިންޓް ދެވޭ ބައިތައް މުބާރާތުގެ ގަވާއިދުގައި ހިމެނިފަވާނެއެވެ.

 

3. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް:

1 ސެޕްޓެމްބަރ 2024ން 04 ސެޕްޓެމްބަރ 2024ގެ ނިޔަލަށް މުބާރާތް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

 

4. މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތައް:

  ހ.  6 އަހަރުން ދަށް

  ށ.  6 އަހަރާއި 10 އަހަރާއި ދެމެދު

  ނ.  10 އަހަރާއި 14 އަހަރާއި ދެމެދު

  ރ.  14 އަހަރާއި 18 އަހަރާއި ދެމެދު

  ބ.  18 އަހަރުން މަތި

  ޅ.  ގްރޫޕް މަދަހަ – ގުރޫޕެއްގައި މަދުވެގެން 3 ، ގިނަވެގެން 12 (ގްރޫޕް މަދަހަ ހުށަހެޅުމުގައި 6 އަހަރުން މަތީގެ ހުރިހާ އުމުރުފުރައެއް ހިމެނޭގޮތައް ބައިވެރިން ހިމަނާގެން ގްރޫޕް ހެދޭނެއެވެ).

 

4. މުބާރާތުގައި ހޮވާ ވަނަތައް:

  ހ. ކޮންމެ އުމުރުފުރަޔަކުން 1ވަނަ 2ވަނަ 3ވަނަ

  ށ. މުޅި މުބާރާތުން 1ވަނަ 2ވަނަ 3ވަނަ

  ނ. ގްރޫޕް މަދަހަ 1ވަނަ 2ވަނަ 3ވަނަ

  ރ. މުބާރާތުގައި ހުށަހެޅޭ އެންމެ މޮޅު އަމިއްލަ ޅެން

 

    މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "ލޮއި ކުރެންދޫ މަދަހަ މުބާރާތް 1446"  މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް ސުންގަޑީގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

    ފޯމް ލިބެން ހުންނާނީ ކުރެންދޫ ކައުންސިލްގެ އިދާރާއިންނެވެ. 

                  މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

16 މޭ 2024
ހޯދާ