މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލ. އިސްދޫ ހެލްތު ސެންޓަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

ލ. އިސްދޫ ހެލްތު ސެންޓަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ ނަންބަރު IUL)23-AP/1/2015/54)ފ(05 މާރިޗު 2015) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ލ. އިސްދޫ ހެލްތު ސެންޓަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް ގަން ރީޖަނަލް ހޮސްޕިޓަލަށާއި ލ. އިސްދޫ ހެލްތު ސެންޓަރ އަދި މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 20 ވާ ބުދަ ދުވަހުގެ 10:00 އަށް ގަން ރީޖަނަލް ހޮސްޕިޓަލަށާއި ލ. އިސްދޫ ހެލްތު ސެންޓަރ އަދި މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

16 ރަޖަބު 1436       

05 މޭ 2015
ހޯދާ