މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހދ. ނޮޅިވަރަމް ހެލްތު ސެންޓަރުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

ހދ. ނޮޅިވަރަމް ހެލްތު ސެންޓަރުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ 13:30އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި ހދ. ނޮޅިވަރަމް ހެލްތު ސެންޓަރަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި ހދ. ނޮޅިވަރަމް ހެލްތު ސެންޓަރަށް އަދި މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

16 ރަޖަބު 1436       

05 މޭ 2015
ހޯދާ