ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދު އުއްތާރަ މަގުގައި ކާނު (ޖަންކްޝަން) ހެދުމާއި ހޮޅި ވަޅުލުމުގެ މަސައްކަތް

ބަނދަރު ސަރަޙައްދު އުއްތާރަ މަގުގައި ކާނު (ޖަންކްޝަން) ހެދުމާއި ހޮޅި ވަޅުލުމުގެ މަސައްކަތް؛

މިރަށުގެ ބަނދަރު ސަރަޙައްދުގައި މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކާނު (ޖަންކްޝަން) ހެދުމާއި ހޮޅި ވަޅުލުމުގެ މަސައްކަތް ކޮށްދެވޭނެ އަގެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ތާރީޚް އާއި ގަޑި ތިރީގައި މިވަނީއެވެ.

މަޢުލުމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

23 މޭ 2024، 13:30 ގައި

27 މޭ 2024، 13:30 ގައި

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 މޭ 2024
ހޯދާ