މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާވަޑިން ތަމްރީން ކުރުމުގެ ކޯހާއިގުޅޭ

                                                          (IUL)307/INDIV/2024/50:ނަންބަރު

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ނަމްބަރ 2017/R-2 (ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދު ފަހަރު ރާއްޖޭގައި ބަނުމުގެ ޤަވާއިދު) ތަންފީޒު ކުރުމައްޓަކައި ގެނެވުނު އިސްލާހާއި ގުޅިގެން 12 އޮކްޓޯބަރ 2024 ގެ ނިޔަލަށް މާވަޑިކަމުގެ ކޯސް ފުރިހަމަ ނުކުރާ ފަރާތްތަކަށް މާވަޑިކަމުގެ ދަށުން އޮޑި ދޯނިފަހަރު ނުބަންދެވޭކަމަށް އާންމުކުރި އިސްލާޙްގައި ހިމެނިފައިވާތީ، މިކައުންސިލާއި އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާރޝަރީ އެޑިއުކޭޝަން ގުޅިގެން މާވަޑިކަމުގެ ކޯސް މިރަށުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސް ކުރިއަށް ދާނީ 22 ޖޫން 2024 ދުވަހުން ފެށިގެން 01 ޖުލައި 2024 ދުވަހުގެ ނިޔަލަ ބައިވެރިއެއްގެ އަތުން -/6500 (ހަހާސް ފަސްސަތޭކަ ރުފިޔާ) ކޯސްފީގެ ގޮތުގައި ނަގައިގެންނެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ މާވަޑިންނާއި އަތްދަށު ވަޑިންނަށް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިކަމުގައި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި 7447950 ނުވަތަ 6580052 އާއި ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ.

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

16 މޭ 2024
ހޯދާ