ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ފުރަތަމަ ސެމެސްޓަރގެ އިމްތިޙާންތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން (އެހީތެރިން) ހޯދުމަށް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށްޓަކައި އިންވިޖިލޭޓަރުން (އެހީތެރިން) ގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:

4

މުސާރަ:

ކޮންމެ ސެޝަނަކަށް 200/-  ރުފިޔާ

ޝަރުތު:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.
  • ޢަރަބި ބަސް ލިޔަން ކިޔަން ދަތުން.
  • އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު ރަނގަޅަށް އެނގިފައިވާ މީހެއް ކަމުގައިވުން.
  • އިންވިޖިލޭޓްކުރާ ފަރާތަކީ އެއަހަރެއްގެ އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑު އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައި ހުންނަ މީހެއް ނުވަތަ އިމްތިހާނަށް ދަރިވަރު ތައްޔާރުކޮށްދޭ މީހެއް ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • އިންވިޖިލޭޓަރުންގެ މަޤާމަށް އެދި ހުށަހަޅާފޯމް. (މި ފޯމް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކައުންޓަރުންނާއި ވެބްސައިޓް (www.ium.edu.mv) އިން ލިބެން ހުންނާނެއެވެ. އަދި ފޯމްދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށެވެ).
  • އޮންލައިންކޮށް ހުށައަޅާފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ

 http://ium.to/invigilator-helper-2024-sem-1 އިން ނެވެ.

  • ވަނަވަރު (ސީވީ).
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ.
  • ލިބިފައިވާ އެންމެމަތީ ތަޢުލީމް ސެޓްފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހި ކޮޕީ.
  • އެކައުންޓް ނަންބަރު ވެރިފައިކުރާ ސްލިޕް.

ސުންގަޑި:

 

  • ނޯޓް: އިޢުލާންގެ މުއްދަތުގެ ފަހުންވެސް އިންވިޖިލޭޓަރުންގެ ޢަދަދު ހަމަނުވާނަމަ، އިތުރަށް އެފުރުޞަތު ދެވޭނެ ވާހަކަ ދަންނަވަމެވެ.
  • ފުރިހަމަކޮށްފައިވާ އިންވިޖިލޭޓަރުންގެ ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް22މެއި 2024 ވާ ބުދަ ދުވަހުގެ 14:00ކުރީން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެދެމެވެ.
  • އިތުރު މައުލޫމާތު ސާފުކުރުމަށް 3022174 / 3022718 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

އިމްތިޙާނު އޮންނަ މުއްދަތާ ވަގުތު:

  • ފައިނަލް އިމްތިޙާނު އޮންނާނީ 23 ޖޫން 2024 އިން 06 ޖުލައި 2024 ގެ ހެނދުނު 09:00-12:00 އަދި މެންދުރު 17:00-14:00 އަށެވެ.
  • ރީސިޓް އަދި ޚާއްސަ އިމްތިޙާން އޮންނާނީ 04 އޯގަސްޓް 2024 އިން 08 އޯގަސްޓް 2024 ހެނދުނު 09:00-12:00 އަދި މެންދުރު 17:00-14:00 އަށެވެ.
16 މޭ 2024
ހޯދާ