ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ހެޑް އޮފް ފައިނޭންސް

ވަޒީފާގެ ފުރުޞަތު

މަޤާމު:

ހެޑް އޮފް ފައިނޭންސް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރައާއި އެލަވަންސް:

  • މުސާރަ އަދި އެލަވަންސް: މަހަކު 18,500 ރުފިޔާ (ނެގޯޝިއެބަލް)
  • ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތުތައް:

 

  • ކުންފުނީގެ ބަޖެޓު ތައްޔާރުކުރުމާއި ފޯކާސްޓްތައް ތައްޔާރުކޮށް މޮނިޓަރކުރުން
  • ކުންފުނީގެ ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  • ކުންފުނީގެ މާލީ ރިޕޯޓުތައް ކަނޑައެޅިފައިވާ  ވަގުތުތަކަށް ނިންމުން
  • ކުންފުނީގެ މާލީ ހިސާބުތަކުގެ ޞައްޙަކަން ކަށަވަރުކުރުމާއި، މާލީ ހިސާބު ބެލެހެއްޓުމާއި ގުޅޭ ގޮތުން މުވައްޒަފުންނަށް އިރުޝާދު ދިނުން
  • ކުންފުނީގެ ފަރާތުން ހުށަހަޅަންޖެހޭ ތަފާތު ރެގިއުލޭޓަރީ ރިޕޯޓުތަކާއި ކުންފުނިން ހަދާފައިވާ އެއްބަސްވުންތަކާއި ގުޅިގެން ހުށަހަޅަންޖެހޭ ރިޕޯޓުތައް ކަނޑައެޅިފައިވާ ވަގުތަށް ހުށަހެޅުން
  • ކުންފުނީގެ މަޤުޞަދުތައް ހާސިލު ކުރުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދައި ބެލެހެއްޓުން
  • ކުންފުނީގެ ސްޓްރެޓީޖިކް ބިޒްނަސް ޕްލޭން އެކުލަވައިލުމާއި ތަންފީޒުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  • ޑިރެކްޓަރުންގެ ބޯޑަށް ބޭނުންވާ ކުންފުނީގެ ހިސާބުތަކުގެ ރިޕޯޓުތައް އެކުލަވާލުމާއި ހުށަހެޅުން

މަޤާމުގެ ޝަރުތުތައް:

 

ތަޢުލީމު:

  • އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • ފައިނޭންސް/އެކައުންޓިންގ ނުވަތަ ކަމާގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަސައްކަތު ތަޖުރިބާ:

  • އެކައުންޓިންގ ދާއިރާގައި މެނޭޖީރިއަލް ލެވެލްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
  • ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ކޮންޓްރޯލްކުރުމާއި ފޯކާރސްޓް ތައްޔާރުކުރުމުގެ ތަޖުރިބާ ލިބިފައިވުން
  • އޮޑިޓަރުންނާއި، ލެންޑިންގ އެޖެންސީތަކާއި ކްރެޑިޓް ރޭޓިންގ އެޖެންސީތަކާއެކު މުޢާމަލާތުކޮށް ތަޖުރިބާ ލިބިފައިވުން
  • މާލީ އިދާރާތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ލިސްޓް ކުރެވިފައިވާ އެޕްލިކޭޝަންގެ ލިޔުންތައް ހުށަހަޅާނީ ތިރީގައިވާ ގޫގުލް ލިންކް މެދުވެރިކޮށެވެ.
  • ގޫގުލް ލިންކް:  https://forms.gle/d9Dxp66VkcwfUqXx9    

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  5. ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ
    ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް އެދެންވީ ސުންގަޑި:

22 މެއި 2024 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެކުރިން ދީފައިވާ ގޫގުލް ލިންކް މެދުވެރިކޮށެވެ.

ނޯޓު :

އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ގޫގުލް ފޯމުގައި ހުށަހަޅަންވާނެއެވެ.

މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3013860 ނަމްބަރު ފޯނަށެވެ.

16 މޭ 2024
ހޯދާ