މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ ކައުންސިލަށް އިމާރާތްކުރުމާއި ބެހޭގޮތުން ފަންނީ ލަފާ ދޭނެ ފަރާތެއް ބޭނުންވެއްޖެ

                މިކައުންސިލަށް ބޭނުންވާ ހާލަތްތަކުގައި ވެލިދޫގައި ހަދަމުންދާ އިމާރާތްތަކުގައި އިންސްޕެކްޓް ކޮށް މިކައުންސިލަށް ބޭނުންވާ ފަންނީ ލަފާ ދޭނެ ފަރާތެއް ބޭނުންވެއެވެ.           

                ވީމާ،މިމަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

    ކުރަންޖެހޭމަސައްކަތް

1. މިރަށުގައި ކުރަމުންދާ އިމާރާތްތަކުގެ ސިވިލް އިންޖިނިއަރިންގެ މަސައްކަތް ޗެކްކުރުން.

2. އިމާރާތް ކުރަމުންދަނީ ކުރެހުމާއި ބިލްޑިންގ ކޯޑް އާއި އެއްގޮތަށްތޯ ބަލައި ޗެކްކުރުން.

3. އިމާރާތް ކުރުމުގެ ކަންކަމުގައި މިއިދާރާއިން ބޭނުންވެއްޖެ ހާލަތެއްގައި އެކަމުގެ ފަންނީ ލަފާ ފޯރުކޮށްދިނުން.

4. ސަރުކާރު އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނި، އަމިއްލަ ކުންފުނިތަކާއި އަދި އަމިއްލަ ފަރާތްތަކުން ވެލިދޫ ގައި ކުރަމުންދާ އިމާރާތްތަކުގެ ޑިޒައިނިން ޗެކުކުރުން

5. ކުރަމުންދާ އިމާރާތްތަކުގެ އިންޖިނިއަރިން މަސައްކަތްތަކާއި ސްޓްރަކްޗަރ މަސައްކަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުން.

6. އިމާރާތް ކުރަމުންދަނީ ޤާނޫނު ތަކާއި ގަވާއިދު ތަކާއި އެއްގޮތަށް ކަށަވަރު ކުރުން.

 ހުށަހަޅަން ޖެހޭ ލިޔުންތައް

1       ޕްރޮޕޯސަލް ( ހުށަހަޅާ ފަރާތުގެ ތަޢާރަފް / ކޮމްޕެނީ ޕްރޮފައިލް، އަގު ހުށަހަޅާގޮތް ޢާންމުކޮށް ފޯރޮކޮށްދޭ ޚިދުމަތްތައް، ތަޖުރިބާ ތަފްޞީލް)  

2       ސިވިލް އިންޖިނިއަރ ނުވަތަ ސިވިލް އިންޖިނިއަރުން ވަނަވަރު

3       ހުށަހަޅާ ފަރާތުގެ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ / ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ.

4       ޖީ.އެސް.ޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްނަމަ ޖީ.އެސް.ޓީ ރަޖިސްޓްރީގެ ކޮޕީ.

5       ސިވިލް އިންޖިނިއަރިން ލައިސަންސް / ހުއްދަ

6       ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 އަގުހުށަހަޅާއިރު ހިމަނަންވާނެ ކަންތައްތައް

(ހ) މަސައްކަތް ކޮށްދެވޭނެ އަގު

(ށ) ޖީ.އެސް.ޓީ

މާކްސް ދެވޭގޮތުގެ ތަފްސީލު:

(ހ) ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާއިން ހޮވާލެވިފައިވާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.

(ށ) ބިޑް އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށް ފަހު، އަންދާސީ ހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ.

(ނ) ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލް

ފޯމިއުލާ

އަގު

65%

v   ހިދުމަތުގެ އަގަށްދޭ މާކްސް

v   މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v   މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

35%

v  މަސައްކަތުގެ ދާއިރާގައި ޚިދުމަތް ދިން މުއްދަތު (އަހަރު)

v  މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

v  މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted years of experience / Benchmark years) x Allocated Percentage

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހަޅާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކަމުގެލިޔުމާއިއެކު ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރ ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"ނ.ވެލިދޫގައި އިމާރާތް ކުރަމުންދާ އިމާރާތްތައް އިންސްޕެކްޓްކޮށް މިއިދާރާއަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން 2024"

މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ

ނ.ވެލިދޫ ، ދިވެހިރާއްޖެ"

އަންދާސީ ހިސާބު ހުޅުވުން

(ހ) އަންދާސީ ހިސާބު ހުޅުއްވާނީ 26 މެއި 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ.

(ށ) ބިޑް މީޓިންގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

(ނ) އިވެލުއޭޝަން ކޮމިޓީއިން ބެލުމަށްފަހު ޝަރުތު ހަމަނުވާ ފަރާތްތައް ޑިސްކޮލިފައިކޮށް ނަތީޖާ އިޢުލާން ކުރެވޭނެއެވެ.

               މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

16 މޭ 2024
ހޯދާ