މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

އިޢުލާން

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލް އިދާރާގެ ޕްލޭނިންގ އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަން

ދާއިމީ

މަޤާމުގެ ގިންތި

އެމް. އެސް. 2

މަޤާމުގެ ރޭންކް

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް

އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސަސް

ޔުނިޓް

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ

ވަޒީފާ އަދާކުރަންޖެހޭ ރަށް

6295.00 ރުފިޔާ (މަހަކު)

މުސާރަ

2000.00 ރުފިޔާ  (މަހަކު)

ސަރވިސް އެލަވަންސް

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާއާއި،  ސިވިލް ސަރވިސްގެ ޤަވާއިދުގައި މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ޢިނާޔަތްތައް ލިބިދެވޭ އުޞޫލުން ހަމަޖެހޭނެއެވެ.

އެހެނިހެން ޢިނާޔަތްތައް

1 (އެކެއް)

ބޭނުންވާ އަދަދު

- މަޤާމުގެ މަސައްކަތާ ގުޅޭ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

މަޤާމުގެ ޝަރުޠު

- ސެކްޝަނާ ގުޅިގެން އަންނަ އެކިއެކި ލިޔެކިޔުންތަކަށް ޖަވާބުދާރީވުން.

- އެކިއެކި ޕްރޮޖެކްޓްތައް ރޭވިފައިވާގޮތަށް ޕްރޮޖެކްޓްތައް ހިނގަމުންދޭތޯ ބެލުމާއި، ޕްރޮޖެކްޓްތަކުގެ ކޮންސަލްޓެންސީ ހަމެޖެއްސުމާއި، ހިނގަމުންދާ ޕްރޮޖެކްޓްތަކާއި ނިމިފައިވާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ބެލެހެއްޓުން.

- ސެކްޝަނަށް ލިބޭ އެންޓްރީތަކަށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ޢަމަލުކުރުން.

- ސެކްޝަނަށް ބޭނުންވާނެކަމަށް ލަފާކުރާ ތަކެތީގެ ލިސްޓް އެޕްރޫވްކުރުމަށްފަހު، މަހަކު އެއްފަހަރު ސްޓޮކް ބަލަހައްޓާ ފަރާތަށް ފޮނުވުން.

- އޮޑިދޯނިފަހަރުގެ ރަޖިސްޓްރީއާއި ސަލާމަތީ ސެޓްފިކެޓް ހައްދައިދިނުން.

- ކައުންސިލް އިދާރާގެ ބެލުމުގެދަށުގައި ހުރި ބިނާތަކާއި ތަންތަނަށް ބޭނުންވާ ވަސީލަތްތަކާއި ތަކެތި ހޯދުން.

- ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކަށް ބޭނުންވާނެ ޚިދުމަތްތައް ދިނުމާއި އެތަންތަން ބެލެހެއްޓުން.

- އިޤްތިޞާދީ ބިންތައް ކަނޑައަޅައި، ބިންތައް ދޫކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

- ކަށުކަމާކެމީގެ ކަންކަން ހިންގައި ބެލެހެއްޓުން.

- ކައުންސިލުން ހިންގަމުންގެންދާ ވާދޫ ޕްރީ ސްކޫލް ހިންގުން.

- އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ރެކޯޑްތައް ބެލެހެއްޓުން.

- އެއްގަމާއި ކަނޑު އުޅަނދުގެ ލައިސަންސް ހެއްދުމާ ގުޅިގެން ކައުންސިލުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

- ޕްރޮކިއުމަންޓުގެ މަސައްކަތް ކުރުން.

- ރަށުގައި އިންވެސްޓްކުރުމާއި ބެހޭގޮތުން އިންވެސްޓަރުންނަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން.

- ބަޖެޓް ތައްޔާރުކުރުމުގައްޔާއި، ފައިނޭންޝިއަލް ޕްލޭން ތައްޔާރުކުރުމުގައްޔާއި، ތަރައްޤީ ޕްލޭން ތައްޔާރުކުރުމުގައްޔާއި، އަހަރީ ރިޕޯޓް ހެދުމުގައި އެހީތެރިވުން.

- މީގެ އިތުރުން، ވަޒީފާއާ ގުޅިގެން ޤާނޫނާއި ޤަވައިދާ ޚިލާފްނުވާގޮތުގެމަތިން ކައުންސިލް އިދާރާއިން އަންގާ ކަންކަން ކުރުން.

 


މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް


 

- ވަޒީފާގެ ޝަރުޠު (ކަނޑައެޅިފައިވާ އިންސައްތަ: % 11)

- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)

- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)

- ލިބިފައިވާ ހުނަރު (ކަނޑައެޅިފައިވާ އިންސައްތަ: %43)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް

އިންޓަވިއު ކުރުމާއި، ޕްރެކްޓިކަލްސް ހެއްދުން އޮންނާނީ، 2015 މެއި 25 އާއި 2015 ޖޫން 4 އާ ދެމެދުގެ ތާރީޚެއްގައި މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއު ކުރުމާއި، ޕްރެކްޓިކަލްސް ހެއްދުން  އޮންނާނެ ސީދާ ދުވަސް، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް، 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ.

އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި މުއްދަތު

2015 މެއި 20 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއަށެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއައި، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (އެޕްލިކޭޝަން ފޯމް، ރ. ވާދޫ ކައުންސިލްގެ އިދާރާއިން  ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mvން) ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. 

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި، އަދާކުރި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ  ކާޑުގެ ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ( ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)


 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

މި  އިޢުލާނާ   ގުޅިގެން   މަޢުލޫމާތު   ސާފުކުރުމަށް   ގުޅާނީ  6580074  ނަންބަރު   ފޯނާއެވެ.  ފެކްސް  ކުރާނީ  6580074  ނަންބަރަށެވެ.  އީމެއިލް  އެޑްރެހަކީ [email protected]  އެވެ.

އިތުރު މަޢުލޫމާތު

7 ރަޖަބު 1436

26 އޭޕްރިލް 2015
ހޯދާ