ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފުރަމާލެ ސަރަޙައްދުގެ ގޭޓް ފީ އަގުތައް ބަދަލުވުމާއި ގުޅޭ

 

 

އިއުލާން

ފުރަމާލެ ސަރަޙައްދުގެ ގޭޓް ފީ އަގުތައް ބަދަލުވުމާއި ގުޅޭ

   ފުރަމާލެ ސަރޙައްދުގައި14  މޭއި 2024 އިން ފެށިގެން، ގޭޓްފީއަށް އަންނަނިވި ބަދަލުތައް މި ކުންފުނީގެ ފަރާތުން ގެނެވޭނެއެވެ.

  • އާންމު ފަރާތްތަކާއި، ކުދި ވިޔަފާރިތަކާއި، ވިޔަފާރި އުސޫލުން ކުނިއުފުލުމުގެ ޙިދުމަތް ފޯރިކޮށްދޭ ފަރާތްތަކުން ޓްރާންސްފާރ ސްޓޭޝަންތަކަށް ގެންނަ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ 500/- ރ. (ފައްސަތޭކަ) ރުފިޔާއަށް ބަދަކުރުން.
  • ޓްރާންސްފާރ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުން އަންނަ 150/- ރ. (ސަތޭކަ ފަންސާސް) ރުފިޔާގެ ގޭޓްފީ ކުރިން ދެންނެވުނު ތާރީހުގެ ފަހުން ނެގުން ހުއްޓާލުން.
  • ފުރަމާލެ ސަރަޙައްދުގެ ހުރިހާ ޓްރާންސްފަރ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް (ވެއި ބްރިޖް) ޤާއިމުކުރެވެންދެން، މާލެ ޓްރާންސްފާރ ސްޓޭޝަންގައި ބަރުދަން ރިޢާޔަތްކޮށް އަގު ނެގުން ހުއްޓާލުން.

ވީމާ، މިގޮތަށް އަގުތައް 14 މޭއި 2024 އިން ފެށިގެން ބަދަލުކުރެވިފައިވާހަކަ އާންމުންގެ މައުލޫމާތައްޓަކާއި ޙިއްސާކޮއްލީމެވެ.

13 މޭއި 2024

 

14 މޭ 2024
ހޯދާ