މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

 

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލް އިދާރާގެ ފައިނޭންސް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަން

ދާއިމީ

މަޤާމުގެ ގިންތި

އެމް. އެސް. 2

މަޤާމުގެ ރޭންކް

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ

އޮފީސް/އިދާރާ

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް

ކޯޕަރޭޓް އެފެއާޒް

ޔުނިޓް

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ

ވަޒީފާ އަދާކުރަންޖެހޭ ރަށް

6295.00 ރުފިޔާ (މަހަކު)

މުސާރަ

2000.00 ރުފިޔާ  (މަހަކު)

ސަރވިސް އެލަވަންސް

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާއާއި، ސިވިލް ސަރވިސްގެ ޤަވާއިދުގައި މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ޢިނާޔަތްތައް ލިބިދެވޭ އުޞޫލުން ހަމަޖެހޭނެއެވެ.

އެހެނިހެން ޢިނާޔަތްތައް

 

1 (އެކެއް)

ބޭނުންވާ އަދަދު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

މަޤާމުގެ ޝަރުތު:

 

 

 

 

- ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް އިދާރާގެ ބަޖެޓް ތައްޔާރުކޮށް، ކަނޑައެޅިފައިވާ ތާރީޚަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

- އިދާރާގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކުރުން.

- އިދާރާގެ ބަޖެޓުން ކުރެވޭ ޚަރަދުގެ ރިޕޯޓް، ކަނޑައެޅިފައިވާ ގޮތުގެމަތިން، ފޮނުވަންޖެހޭ ތާރީޚަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

- އިދާރާގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓްތައް، ކަނޑައެޅިފައިވާ އުޞޫލްތަކާ އެއްގޮތަށް އޮޕަރޭޓްކޮށް ބެލެހެއްޓުން.

- މުސާރަ ސީޓް ތައްޔާރުކުރުން.

- އިދާރާގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާއާއި އެލަވަންސްތައް، ކަނޑައެޅިފައިވާ މުއްދަތުގައި ދެމުން ގެންދިޔުން.

- ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމަށްފަހު، ބަޖެޓުން ހޯދަންޖެހޭ ފައިސާ ހޯދުން.

- ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ފާއިސާ ހަވާލުކުރުން.

- މުވައްޒަފުންގެ ޕެންޝަން ސްކީމަށް ދައްކަންޖެހޭ ފައިސާގެ ހިސާބުތައް ތައްޔާރުކުރުމާގުޅޭ އެންމެހައި ކަންކަން ކުރުން.

- ފައިސާ ބަލައިގަތުން.

- ލިބޭފައިސާއާއި ޚަރަދުގެ ރެކޯޑްތައް ބެލެހެއްޓުން.

- ބަޖެޓް ކޮންޓްރޯލްތައް ތައްޔާރުކުރުމާއި، ބަޖެޓާ ގުޅޭ ލިޔެކިޔުންތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- އެކިއެކި މިނިސްޓްރީތަކަށް ފޮނުވަންޖެހޭ ފައިސާ ބަލައިގަތުމާއި، އޮފީސްތަކަށް ފޮނުވުމަށް ފައިސާ ޓްރާންސްފަރކުރާ ފޯމާއި ޓްރާންސްފަރ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.

- ބިލް ރަޖިސްޓްރީ ބެލެހެއްޓުމާއި، ޕެންޑިންގ ބިލްތަކަށް ޤަވާއިދުން ފައިސާ ދައްކަމުން ގެންދިޔުން.

- ފައިސާ ލިބޭ ކަންތައްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.

- ބަޖެޓުން ގެންނަންޖެހޭ ފައިސާއާއި ޚަރަދުގެ ވައުޗަރތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހަޅައިގެން ހޯދަމުން ގެންދިޔުން.

- ތިޖޫރީ ރިޕޯޓް ހެދުމާއި، ފައިސާގެ ހިސާބުތައް ލިޔެ ބެލެހެއްޓުން.

- ޚަރަދު ވައުޗަރ ތައްޔާރުކުރުން.

- ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން.

- ޗެކް ހަވާލުކުރުމާއި،  ޗެކް ރަޖިސްޓްރީ ބެލެހެއްޓުން.

- ކުއްޔަށްދޭ ބިންބިމަށް ލިބޭ ފައިސާގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.

- އެކިއެކި ފަންޑުތަކާބެހޭ ކަންތައްތަކާއި ހިސާބު ބެލެހެއްޓުން.

- ޕްރޮޖެކްޓްތަކުގެ އައިޓަމް ބާކީތައް ޤަވާއިދުން އަޕްޑޭޓްކުރަމުން ގެންދިޔުން.

- އާމްދަނީ ފައިސާގެ ރިޕޯޓް ތައްޔާރުކުރުން.

- މުވައްޒަފުންގެ މުސާރަ ތައްޔާރުކުރުމަށް ބޭނުންވާ ރިޕޯޓްތައް ހެދުމުގައި ބޭނުންވާ އެހީތެރިކަން ދިނުން.

- ފައިސާއާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބަރާބަރަށް ފައިލްކުރަމުން ގެންދިޔުން.

- ކައުންސިލްގެ ފައިނޭންޝަލް ރިޕޯޓް ތައްޔާރުކޮށް ރިވިޔުކުރުމާއި، ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

- ކްރެޑިޓް ސްކީމުގައި ބައިވެރިވުމާއި، ސްކީމަށް ފައިސާ ދެއްކުމުގައި އިދާރާއިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

- މީގެ އިތުރުން، ދާއިރާއާ ގުޅިގެން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމާއި، ޤާނޫނާއި ޤަވާއިދާ ހިލާފްނުވާ އަދި ވަޒިފާއާ ގުޅޭގޮތުން ކައުންސިލް އިދާރާއިން އަންގާ މަސައްކަތްތައް ކުރުން.

 

 

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

- ވަޒީފާގެ ޝަރުތު (ކަނޑައެޅިފައިވާ އިންސައްތަ: % 11)

- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)

- މަސައްކަތު ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)

- ލިބިފައިވާ ހުނަރު (ކަނޑައެޅިފައިވާ އިންސައްތަ: %43)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް

 

އިންޓަވިއު ކުރުމާއި، ޕްރެކްޓިކަލްސް ހެއްދުން އޮންނާނީ، 2015 މެއި 25 އާއި 2015 ޖޫން 4 އާ ދެމެދުގެ ތާރީޚެއްގައި މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއު ކުރުމާއި، ޕްރެކްޓިކަލްސް ހެއްދުން  އޮންނާނެ ސީދާ ދުވަސް، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް، 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ.

އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި މުއްދަތު

 

2015 މެއި 20 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއަށެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު

 

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (އެޕްލިކޭޝަން ފޯމް، ރ. ވާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mvން) ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި، އަދާކުރި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ( ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއިއެކު)

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

މި  އިޢުލާނާ   ގުޅިގެން   މަޢުލޫމާތު   ސާފުކުރުމަށް   ގުޅާނީ  6580074  ނަންބަރު  ފޯނާއެވެ.  ފެކްސް  ކުރާނީ  6580074  ނަންބަރަށެވެ.  އީމެއިލް  އެޑްރެހަކީ [email protected]  އެވެ.

އިތުރު މަޢުލޫމާތު

7 ރަޖަބު 1436

26 އޭޕްރިލް 2015
ހޯދާ