މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަންސިޔާމް ޤުރުއާން ކުލާސްގެ ރިޕޯޓު ކާޑު ހަވާލުކުރުން

ކައުންސިލާއި ސަންސިޔާމް ކެއަރ ގުޅިގެން ރަށުގައި ދިރިއުޅޭ ރައްޔިތުންނަށާއި ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް އޮށްނަ ލޯބި އިތުރުކުރުމަށް ކުރިއަށް ގެންދާ ސަންސިޔާމް ޤްރުއާން ކުލާސްތަކުގައި ބައިވެރިވެފައިވާ ފަރާތްތަކާއި ދަރިވަރުންގެ ރިޕޯޓު ކާޑު ދިނުމުގެ ރަސްމިއްޔާތު މާދަމާ 2024 މޭ 16 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާނެއެވެ.

ވީމާ ސަންސިޔާމް ކެއަރ ޤުރުއާން ކުލާސްތަކުގައި ބައިވެރިވެފައިވާ ފަރާތްތަކުން އަދި ދަރިވަރުން ދެންނެވިފައިވާ ގަޑިއަށް ޒުވާނުންގެ މަރުކަޒަށް ހާޒިރިވެ ދެއްވުން އެދި ދަޢުވަތު އެރުވީމެވެ.

15 މޭ 2024
ހޯދާ