މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދެއްވިދާނެ ފަރާތެއް ހޯދަން

މިރަށު ހުކުރު މިސްކިތް (މަސްޖިދުއްނަޞްރު) ގައި އަންހެނުން ނަމާދުކުރާ ބައި ވަކިކޮށް، ޕާޓިޝަނެއް ޖަހައި، އަދި ބޭރު ޖާލިގަނޑުގައި ބިއްލޫރިގަނޑެއް ހަރުކުރުމަށް ބޭނުންވާތީ، އަމިއްލަ ތަކެތީގައި އެމަސައްކަތްތައް ކޮށްދެއްވިދާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިއިދާރާގެ ފޯން: 6560016 ނުވަތަ 7907933 އާ ގުޅުއްވުމުން މަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ 2015 މޭ 13ވާ ބުދަ ދުވަހުގެ 14:00 އަށް މި އިދާރާއަށެވެ. ފެކްސް ނުވަތަ މެއިލުން ފޮނުއްވާ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައިވެއެވެ. މެއިލް ނުވަތަ ފެކުސްއިން ފޮނުއްވާ އަންދާސީހިސާބު ވެސް ފޮނުއްވައްވާނީ އަންދާސީހިސާބު ފޮނުއްވުމަށް ހަމަޖެހިފައިވާ ތާރީޚުގައި ކަނޑައެޅިފައިވާ ގަޑިއަށެވެ.

ފެކްސް: 6560017 މެއިލް: [email protected] 

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ރަޖަބު 1436

03 މޭ 2015
ހޯދާ