މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ހައި އެޗީވަރސް ސްކޮލަރޝިޕް 2023

ހައި އެޗީވަރސް ސްކޮލަރޝިޕް 2023

 

2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވަރސް ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުން މި ސްކޮލަރޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ހައި އެޗީވާރސް ސްކޮލަރޝިޕް އުޞޫލުގެ ދަށުން ފުރުޞަތު ދެވޭނީ، މިމިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ"ނެޝެނަލް ޓްރެއިނިންގް ނީޑްސް ލިސްޓް"ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށެވެ. އަދި  ކިޔެވުމުގެ ޚަރަދު، މި ސްކޮލަރޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުންނެވެ. 

 މި ސްކޮލަރޝިޕް ލިބުމަށް ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެހިރާއްޖޭގެ ސްކޫލް/މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ނުވަތަ ޝަހާދާ ޘާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރަކަށް ވުން.
  2.  2.1 ދިވެހިރާއްޖޭގެ ސްކޫލް/މަދަރުސާއަކުން 2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރެއް ނަމަ:

      (ހ). "އިސްލާމް" އާއި "ދިވެހި" ހިމެނޭ ގޮތަށް މަތީ ސާނަވީ އިމްތިޙާނުން މަދުވެގެން 5 މާއްދާއިން A ފާހެއް ނުވަތަ

         އެއަށްވުރެ މަތީ ފާހެއް ހޯދާފައިވުން. އަދި

    (ށ). ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން            ފެށިގެން މަތީ ފާހެއް ހޯދާފައިވުން.

   ނުވަތަ

      2.2 ދިވެހި ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް/މަދަރުސާއަކުން 2023 ވަނަ އަހަރު ޝަހާދާ ޘާނަވީ އިމްތިޙާން

         ހެދި ދަރިވަރެއް ނަމަ:

      (ހ). ޝަހާދާ ޘާނަވީ އިމްތިޙާނުން ފައިނަލް އެވްރެޖް ގައި "A" ފާހެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހޯދާފައިވުން، އަދި

      (ށ). އެޗް.އެސް.ސީ ދިވެހި މާއްދާއިން "A" ފާހެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހޯދާފައިވުން، އަދި

      (ނ). ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން 

          ފެށިގެން މަތީ ފާހެއް ހޯދާފައިވުން.

 

މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ފުރުޞަތު ހުޅުވާލާފައިވަނީ ތިރީގައިވާ ޤައުމުތަކުގެތެރެއިން ޤައުމެއްގައި ކިޔެވުމަށެވެ.

   - ދިވެހިރާއްޖެ

   - ސާރކްގެ އެހެނިހެން ޤައުމުތައް

   - މެލޭޝިޔާ

   - ތައިލެންޑް

   - ފިލިޕީންސް

   - ޗައިނާ

   - އޯއީސީޑީ ޤައުމުތައް

  

* މަތީގައި ދެންނެވި ޝަރުޠު ފުރިހަމަވާ ދަރިވަރުން މި ސްކޮލަރޝިޕްގައި ކިޔެވުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ތިރީގައިވާ ލިޔުންތައް މި މިނިސްޓްރީއަށް ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

ހުށަހަޅަން ޖެހޭ ތަކެތި.

1. ޖީ.ސީ.އީ އޭލެވެލް ނުވަތަ ޝަހާދާ ޘާނަވީ ސެޓްފިކެޓްތަކުގެ ދެފުށުގެ ކޮޕީ

2. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ލިބިފައި އޮތްކަން އެނގޭ ސެޓްފިކެޓްގެ ދެފުށުގެ ކޮޕީ .

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ

5. ޔުނިވަރސިޓީ (ކޯހުގެ) ފީ ސްޓްރަކްޗަރ. (ލިބިފައިވާނަމަ)

6. އަންކޮންޑިޝަނަލް އޮފަރ ލެޓަރ. (ލިބިފައިވާނަމަ)

7. ޔުނިވަރސިޓީ ޕްލޭސްމަންޓާ ގުޅޭ ލިޔުންތައް. (ލިބިފައިވާނަމަ)

 

* މި ސްކޮލަރޝިޕްގެ އުޞޫލުގައި އޮންނަ ގޮތުން، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުޞަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ލާޒިމުކުރާތީ ދަރިވަރުން މިކަން ކުރިއަށް ގެންދެވުން އަވަސްކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

 

ސުންގަޑި: 31 ޖުލައި 2024 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން.

 

މި ސްކޮލަރޝިޕްގެ އުޞޫލު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv  (https://www.mohe.gov.mv/resources)ގައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަދި ގުޅުއްވާނީ 3026947 އަށެވެ.

15 މޭ 2024
ހޯދާ