މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭޝަންސް

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭޝަންސް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

މުއްދަތު: 

އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ޢައްޔަންކުރެވޭ ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭޝަންސްގެ މަޤާމުގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހުގެ 1 (އެކެއް) ދައުރެވެ. އަދި މި ޤާނޫނު (2024/1)ގެ 68 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލްގެ މަޤާމުން ވަކި ކުރެވޭ ފަރާތެއް ފިޔަވައި އެހެން ކޮންމެ ފަރާތެއް، އިތުރު 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

 

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ ޖެނެރަލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އުމަރު ޒާހިރު އޮފީސް ބިލްޑިންގ، ހުޅުމާލެ ފޭސް 1، އޯކިޑު މާ ހިނގުން،  މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ/  ހުޅުމާލެ

މުސާރަ:

17,000.00 ރުފިޔާ

އެގްޒެކެޓީވް އެލަވަންސް:

11,400.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޔޫނިއަންތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުން.
  2. ޔޫނިއަންތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް އެކުލަވާލައި ޢާންމުކުރުން.
  3. އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން.
  4. ޔޫނިއަންތަކަށް، ކަލެކްޓިވް ބަރގެއިނިންގއަށް މަގުފަހިކޮށްދިނުން.
  5. ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތައް އިންތިޒާމުކޮށް ބޭއްވުން.
  6. މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ކަމުގައި ބަޔާންކުރާ އެނޫންވެސް ކަންކަން ކުރުން.
  7. އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަށް ހެދޭކަން ކަށަވަރުކުރުން.
  8. ސެކްޝަނުގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުމާއި މުވައްޒަފުންނަށް ހަމަހަމަކޮށް މަސައްކަތްތައް ބަހާލައިގެން ކުރިއަށްގެންދެވޭނެގޮތަށް މަސައްކަތްތައް ރާވައިހިންގައި ބެލެހެއްޓުން.

 

ތަޢުލީމީ ފެންވަރާއި މަސައްކަތުތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
  2. ކަމާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

 

ޝަރުޠުތައް:

  1. ބުއްދި ސަލާމަތުންހުރި، ޢުމުރުން 30 (ތިރީސް) އަހަރު ފުރިފައިވާ ދިވެހިރައްޔިތަކު ކަމުގައިވުން.
  2. މަޤާމަށް ކުރިމަތިލުމުގެ ކުރިއަށް ހިނގައިދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މަޤާމެއް ފުރާފައިވާ ނުވަތަ އެފަދަ މަޤާމެއް ފުރަމުންދާ ފަރާތެއްކަމުގައި ނުވުމާއި، އިންތިޚާބުކުރެވޭ އެއްވެސް މަޤާމެއްގައި ހުރި ފަރާތެއްކަމުގައި ނުވުން.
  3. އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކުރާ ފަރާތެއްކަމުގައި ނުވުން.
  4. މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ޤާބިލުކަން ހުރުމާއެކު، ކަމާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ޙާޞިލުކޮށްފައިވާ ފަރާތެއްކަމުގައިވުން.
  5. މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.
  6. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަމާއި، ޓެކުމާއި، މަކަރާއި، ޙީލަތްހެދުމާއި، ޚިޔާނާތް ފަދަ ބޮޑު ކުށެއް ނުވަތަ އެއްވެސް ބާވަތެއްގެ ޖިންސީ ކުށެއް ކުރިކަން ނުވަތަ ގެވެށި އަނިޔާގެ އެއްވެސް ޢަމަލެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.
  7. ރިޝްވަތުގެ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.
  8. މަޤާމަށް ޢައްޔަންކުރުމުގެ ކުރިއަށް ހިނގައިދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، މަސައްކަތްތެރިން ނުވަތަ ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ އެއްވެސް ބާވަތެއްގެ ޖަމްޢިއްޔާއެއްގެ ނުވަތަ ޔޫނިއަނެއްގެ ހިންގާ ކޮމިޓީއެއްގެ މެންބަރަކުކަމުގައި ނުވުން ނުވަތަ އެފަދަ ޖަމްޢިއްޔާއެއް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެފައިވާ ފަރާތެއްކަމުގައި ނުވުން.
  9. ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުމާއެކު، ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއްގައި ހުރި ފަރާތެއްކަމުގައި ނުވުން.
  10. ދައުލަތުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ ފަރާތެއްކަމުގައި ނުވުން.
  11. މަޤާމްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދިނުން
  12. މަޤާމަށް ޢައްޔަންކުރުމުގެ ކުރިއަށް ހިނގައިދިޔަ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި މަސައްކަތްތެރިން ނުވަތަ ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ އެއްވެސް ޖަމްޢިއްޔާއެއްގެ ނުވަތަ ޔޫނިއަނެއްގެ މެންބަރެއްގެ ގޮތުގައި ހުރި ފަރާތެއްކަމުގައި ނުވުން

 

ތަޢުލީމީ ރޮނގުތައް:

 

- އިންޑަސްޓްރިއަލް ރިލޭޝަންސް

- އެމްޕްލޮއިމަންޓް ރިލޭޝަންސް

- ލޭބަރ ރިލޭޝަންސް  

- ޤާނޫނީ ދާއިރާ

- ޕަބްލިކް އެޑްމިނިސްޓްރޭޝަން 

 

މަސައްކަތުގެ ތަޖުރިބާ ގުނުމުގައިބަލާނެ ދާއިރާތައް

-  މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ޙައްލުކުރުމާ ގުޅޭ މަސައްކަތްތައް ކޮއްފައިވުން.

-  މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކާއި ދެމެދު އުފެދޭ ދެބަސްވުން ހައްލުކުރުމުގެ ގޮތުން ހިންގޭ މީޑިއޭޝަން ޕްރޮސެސް ގެ ތަޖުރިބާ ހުރުން.

-  މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމުގެ ގޮތުން ހޭލުންތެރިކަން އުފެއްދުމުގެ ޕްރޮގްރާމް އުފައްދާ، ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގުމުގެ އަމަލީ މަސައްކަތް ކުރައްވާފައިވާ ފަރާތެއް ކަމުގައިވުން

-  ވަޒީފާއާއި ބެހޭ ގާނޫނު، އަދި އެ ޤާނޫނުގެ ދަށުން ހުރި ގަވާއިދުތައް، އަދި އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނަށް އަށް ފަރިތަ އަދި އަޙުލުވެރި ފަރާތެއްކަމަށް ވުން.

-  މަސައްކަތްތެރިން އަދި ވަޒީފާ ދޭފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރާ އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކާއި އެކު، އެކި ހައިސިއްޔަތުން މަސައްކަތްކޮށްފާވާ ފަރާތެއް ކަމުގައި ވުން.

-  ސަރުކާރުގެ އިދާރާއެއްގައި މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މަސައްކަތްތައް ހިމެނޭ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް. 

  

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުން
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 މެއި 2024 (ބުދަ) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ   އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި   ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-   މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ  ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އެހެނިހެން:

 

  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބެލުމަށް ފަހުއެވެ.
  2. މި މަޤާމަށް މިނިސްޓްރީގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ.
  3. މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 23 މެއި 2024 އިން 22 ޖޫން 2024 އާއި ދެމެދު،   މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި   މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3026951 , 3026914 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

15 މޭ 2024
ހޯދާ