ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުމާބެހޭ

އިންވިޖިލޭޓަރުން ހޯދުމާބެހޭ.

17 މޭ 2015 އިން 30 މޭ 2015 އަށް އޮންނަ، 2015 ވަނަ އަހަރުގެ މިފެކަލްޓީގެ ފުރަތަމަ ސެމްގެ އިމްތިޙާނުގައި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅުން ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު:

06

އުޖޫރަ ދެވޭގޮތް:

   މަސައްކަތްކުރާ ކޮންމެ ގަޑިއަކު: -/100ރ (އެއްސަތޭކަ ރުފިޔާ ) 

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

   އެގްޒާމް އޮންނާނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު / މެންދުރުފަހު ނުވަތަ ރޭގަނޑު އެވެ. ކޮންމެ ދަންފަޅިއެއްގައި މަދުވެގެން 3 ގަޑިއިރާއި ބައިގެ ވަގުތެއް ހޭދަވާނެއެވެ.

ކުރަންޖެހޭ މަސައްކަތް.

   އިމްތިހާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިސިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް، މިފެކަލްޓީން އަންގާގޮތެއްގެ މަތިން ކުރުން.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން އެބޭފުޅުންގެ ސީވީ ނުވަތަ ސެޓުފިކެޓު އަދި އައިޑީކާޑުގެ ކޮޕީއާއެކު 2015 މޭ 11ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން މި ފެކަލްޓީ (އެމް.އެން.ޔޫ ޖީ ބްލޮކް، ފުރަތަމަ ފަންގިފިލާ، ނިކަގަސްމަގު، މާލެ) އަށް ސިޓީ ފޮނުއްވުން އެދެމެވެ.

18 ރަޖަބު 1436

07 މޭ 2015
ހޯދާ