ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޓޭޖް މަރާމާތު ކޮށްދޭނެފަރާތެއް ހޯދުން

ސްޓޭޖް މަރާމާތު ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވިމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު، ހުށަހެޅުއްވުން އެދެމެވެ.

                   އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 20 މެއި 2024 ވާ (ހޯމަ) ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ މިއިދާރާގެ ނަންބަރު 6520034 އަށް ގުޅުއްވައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ.

ލިންކް: https://tinyurl.com/StageRenov

 

ތަފްސީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުން ގަޑި

20 މެއި 2024 (ހޯމަ)

10:00

މައުލޫމާތު ދިނުން

20 މެއި 2024 (ހޯމަ)

13:30

އަންދާސީ ހިސާބު ހުށަހެޅުން

22 މެއި 2024 (ބުދަ)

13:30

                   މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                   މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 މޭ 2024
ހޯދާ