ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރުމަށް އަލަށް ދޫކުރާ ބިމާއި، އެބިމާގުޅިގެން ކަނޑާ މަގުގައިހުރި ރުއްގަހުގެ ވެރިފަރާތްތަތައް ހޯދުން

ނިލަންދޫ މަސްކައްކާ ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ސަރަހައްދު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ބޭނުންވާތީ، ހުކުރު މިސްކިތްމަގުގެ އިރުން ވޭސްޓު މެނޭޖްމަންޓް ސެންޓަރާ ދެމެދުން މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ބިން ދޫކުރުމަށްޓަކައި ވާނީ ބިން ފާހަގަކޮށްފައެވެ.  އިސްވެ ދެންނެވި ސަރަހައްދާއި އެސަރަހައްދުގެ ދެކުނުން އަލަށް ކަނޑަން ހަމަޖެހިފައިވާ މަގުގައި ހުރި އަމިއްލަ މީހުންގެ ރުއްގަހުގައި މިއިދާރާއިން ވާނީ ރަތް ދަވާދުން 01 ން 207 އާއި ދެމެދަށް ނަންބަރު ޖަހާފައެވެ.

ވީމާ، އިސްވެދެންނެވި ސަރަހައްދުގައިހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު 2024 މޭ 20ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށަހަޅައިދެއްވުން އެދެމެވެ. ހުށަހަޅާ ލިޔުމުގައި ރުއްގަހުގެ ވެރިފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި އަދި މިއިދާރާއިން ރުކުގައި ޖަހާފައިވާ ނަންބަރު އެނގެން އޮންނަންވާނެއެވެ.  އަދި ވެރިފަރާތުގެ މަޢުލޫމާތު ނޭނގޭ ރުއްގަހުގެ ބަދަލު ހަމަޖައްސައިދިނުމުގައި މިކައުންސިލުން ޒިންމާނުނަގާނެ ކަމުގައި ދަންނަވަމެވެ. އިސްވެ ދެންނެވި ތާރީޚްގެ ފަހުން އެސަރަހައްދުގައި ހުރި ރުއްގަސްކެޑުމުގެ މަސައްކަތް މިއިދާރާގެ ފަރާތުން ކުރަމުންގެންދާނެ ކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

               06  ޒުލްޤަޢިދާ 1445

               14   މޭ    2024  

14 މޭ 2024
ހޯދާ