ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
"44 ވަނަ ސެޝަން އޮފް ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރިސައިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

"44 ވަނަ ސެޝަން އޮފް ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރިސައިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

 

ސަޢުދީ ޢަރަބިއްޔާގެ މައްކާގައި 2024 އޮގަސްޓް 9 އިން 2024 އޮގަސްޓް 21 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "44 ވަނަ ސެޝަން އޮފް ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރިސައިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން" ގައި ދިވެހި ރާއްޖެއިން 2 ބައިވެރިޔަކު ބައިވެރިކުރުމުގެ ފުރުޞަތު ލިބިފައެވެ. މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 2 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ.

މުބާރާތުގައިބައިވެރިވެވޭނެގޮފިތައް 

1-      މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުމާއިއެކު ކީރިތި ޤުރްއާން ތަޖުވީދުމަގުން ކިޔެވުން.

2-      ވިދިވިދިގެން (ތަރުތީބުން) 15 ފޮތް ހިތުދަސްކޮށްފައިވުމާއެކު ތަޖުވީދުމަގުން ކިޔެވުން.

މުބާރާތުގައިބައިވެރިވުމުގެ ޝަރުޠު

1-      މިމުބާރާތުގައި މީގެ ކުރީގެ އަހަރެއްގައި ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ނުވުން.

2-      ފިރިހެނަކު ކަމުގައިވުން.

3-      ހިޖްރީގޮތުން 25 އަހަރު ފުރިފައިނުވުން.

         މި މުބާރާތުގައި ބައިވެރިވުމަށް، ބައިނަލްއަޤުވާމީ ޤުރްއާން ކިޔެވުމުގެ މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޤުރްއާން ކިޔެވުމުގެ ދާއިރާއިން ލިބިފައިވާ ސަނަދުތައް / ލިޔުންތައް 2024 މެއި 21 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ  [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިކުރާނެ 2 ބައިވެރިން ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުއެވެ.

14 މޭ 2024
ހޯދާ