ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކުން ޕާސްޕޯޓް ހެދުމާބެހޭ

އިޢުލާން

ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކުން ޕާސްޕޯޓް ހެދުމަށް، ރާއްޖެ ވަޑައިގަންނަވަމުންދާކަން މި ޑިޕާޓްމަންޓަށްވަނީ ފާހަގަކުރެވިފައެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކުން، އެ ޤައުމެއްގައި ދިވެހިރާއްޖޭގެ އެމްބަސީ، ހައިކޮމިޝަން ނުވަތަ ކޮންސިއުލޭޓް ޤާއިމު ކުރެވިފައިވާނަމަ، އެތަންތަން މެދުވެރިކޮށް ހުށަހެޅުމުން ޕާސްޕޯޓް ހެއްދުމުގެ އިންތިޒާމު ކުރިންވެސް ހަމަޖެހިފައިވާކަން ހަނދުމަފުޅުކޮށް އެރުވީމެވެ. 

ވީމާ، ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކުން ޕާސްޕޯޓް ހެދުމަށް ރާއްޖެ ވަޑައިގަތުމުގެ ބަދަލުގައި، އެ ޤައުމެއްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން، ކޮންސިއުލޭޓް އަދި އެމްބަސީ މެދުވެރިކޮށް ޕާސްޕޯޓް ހެދުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ދެންނެވީމެވެ. އަދި ހައިކޮމިޝަން، ކޮންސިއުލޭޓް އަދި އެމްބަސީ ޤާއިމުވެފައި ނެތް ޤައުމެއްނަމަ، [email protected]އަށް އެޕްލިކޭޝަން މެއިލް ކުރެއްވުމަށްފަހު، ޕާސްޕޯޓް ހެއްދެވުމަށް ފައިސާ ދައްކަވާނެ ފަރާތްތަކާއި އަދި ޕާސްޕޯޓް ޙަވާލުކޮށްދޭންވީ ފަރާތެއްގެ މަޢުލޫމާތު ހިމަނާފައި ސިޓީއެއް ހުށަހެޅުއްވުމުން ހަމަޖެހިފައިވާ އުސޫލުން ޕާސްޕޯޓް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާދެވޭނެއެވެ.

09 ރަޖަބު 1436

01 ޖަނަވަރީ 1970
ހޯދާ