މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުގެ ނަންބަރު: (IUL)14-E1/1/2024/42 (23 އޭޕްރީލް 2024) އަަދި (IUL)14-E1/1/2024/47 (04 މޭ 2024) އިޢުލާނާ ގުޅޭ

        މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/42 (23 އޭޕްރީލް 2024) އަަދި (IUL)14-E1/1/2024/47 (04 މޭ 2024) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ. 

        ހަވާލާދީފައިވާ އިޢުލާނުތަކުގައި ދެންނެވިފައިވާ އެސިސްޓެންޓް ކަސްޓްމްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ފިޒިކަލް ފިޓްނަސް ޓެސްޓުގައި ބައިވެރިވި ފަރާތްތަކުގެ ސްޓޭޓަސް، މި އޮފީހުގެ ވެބްސައިޓު (www.customs.gov.mv) ގެ ހޯމް ޕޭޖްގެ "ރެކްރޫޓްމަންޓް ސްޓެޓަސް" އިން ބެލެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

        އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް އިންޓަވިއު ބާއްވާނެ ތަނާއި ތާރީޚް އެފަރާތްތަކަށް އަންގާނެ ކަމުގައި ދަންނަވަމެވެ.

        މި އިޢުލާނާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003499 ނުވަތަ 3322001 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރާއި  ގުޅޭނެ ފޯނު ނަންބަރު އަދި ކުރިމަތިލީ މަޤާމު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ. 

14 މޭ 2024
ހޯދާ