މަޤާމް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ރޭންކް
|
GS3
|
މަޤާމުގެ ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ޑިވިޜަން/ ސެކްޝަން
|
އެޑްމިން ސެކްޝަން
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ފޮނަދޫ ޞިއްޙީ މަރުކަޒު / ލ. ފޮނަދޫ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ފޮނަދޫ ޞިއްޙީ މަރުކަޒަށް އަންނަ ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަތުމާއި، އެތަކެތި އެންޓަރކޮށް، ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުން.
- މަރުކަޒަށް އަންނަ ޢާންމު ފޯނުކޯލްތަކަށް ޖަވާބުދާރީވުމާއި، އެފަރާތްތަކުން ގުޅަން ބޭނުންވާ ފަރާތްތަކާ ގުޅައިދިނުން.
- އެކިއެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެންތަކެތި އެފަރާތްތަކަށް ފޮނުވައި، ފޮނުވޭ ލިޔުން ފަސޭހައިން ފެންނާނެގޮތަކަށް ފައިލްކޮށް ބެލެހެއްޓުން.
- މި މަރުކަޒަށް ބޭނުންވާ ސްޓޭޝަނަރީޒް، ކޮންސިއުމަބަލްސް، އެސެޓްސްފަދަ ތަކެތި ގަތުމާއި، އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އޮފީހަށް އަންނަ މެހްމާނުން ބަލައިގަނެ، ބައްދަލުކުރަން އަންނަ ފަރާތާ ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
- ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
- މަރުކަޒުގައި ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- މަރުކަޒުގެ ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
ތަޢުލީމާއި ތަޖުރިބާ
|
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
|
ޢިނާޔަތްތައް
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
2015 މެއި 12 ވާ އަންގާރަ ދުވަހުގެ 3:00 ގެ ކުރިން، ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ލ. ފޮނަދޫ ޞިއްޙީ މަރުކަޒުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2015 ވަނަ އަހަރުގެ މެއިމަހުގައި، ލ. ފޮނަދޫ ޞިއްޙީ މަރުކަޒުގައި.
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 6800789 އެވެ.
|