މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދޫ އަވަށު ސްޓޭޖް ސަރަހައްދުގައި އެކި ފަރާތްތަކުން ބަހައްޓަފައި ހުރި ތަކެތި ނެގުމާއި ބެހޭ

ކެނދިކުޅުދޫ / ކުޅުދޫ އަވަށު ސްޓޭޖް ސަރަޙައްދުގައި އެކި އެކި އަމިއްލަ ފަރާތްތަކުން ބަހައްޓާފައިހުރި އެންމެހައި ތަކެތި  މިއަދުން ފެށިގެން 18 މެއި 2024 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، އެފަދަ ތަކެތީގެ ވެރިފަރާތްތަކުން  އެތަކެތި އެސަރަހައްދުން ނަގައި ގެންގޮސް ނިންމެވުމަށް ދެންނެވީމެވެ.

މި މުއްދަތުގެ ފަހުން، އެސަރަހައްދުގައި  ބަހައްޓާފައި ހުންނަ ތަކެތި މިކައުންސިލުން ނަގާ ތަން ސާފު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި ތަކެތި ނަގާ ތަން ސާފު ކުރުމުގެ ތެރޭގައި، ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަވެސް ، މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

06 ޛުލްގަޢިދާ  1445

14    މެއި   2024

14 މޭ 2024
ހޯދާ