ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސޭލްސް އޮފިސަރ މަޤާމަށް މުވައްޒަފަކު ހޯދުން

އިޢުލާނު

މަޤާމު:

ސޭލްސް އޮފިސަރ

މަޤާމުގެ ނަންބަރު:

165

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފ. ނިލަންދޫ ކައުންސިލްގެ އައްޑަނަ ތެޔޮ ސެންޓަރު / ފ. ނިލަންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 4,200/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,000/- ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  2. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އަދި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ.
  3. މިނިމަމްވޭޖް އެލަވަންސްގެ ގޮތުގައި މަހަކު 2,094/- ރުފިޔާ ލިބޭނެއެވެ. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ތެޔޮސެންޓަރަށް ގެންނަ ތެޔޮ ޓޭނަކަށް އެޅުމުގެ ކުރިން ތެލުގެ ސާފު، ނުސާފު ބަލައި ފެންހުރިތޯ ބެލުން. އަދި ސާފު، ރަނގަޅު ތެޔޮނޫނީ ޓޭންކަށް ނޭޅުން.
  2. ތެޔޮބޯޓުން ޓޭންކަށް ތެޔޮއަޅަން ޖެއްސުމުގެ ކުރިން ބޯޓުގައި ހުންނަ މީޓަރުގެ ރީޑިންގ ރަނގަޅަށް ޗެކުކުރުން. އަދި ޓޭންކުތަކުގައި ބާކީ ހުރި ތެލުގެ ހިސާބު ބެލުން.
  3. ތެޔޮފިހާރައިން ވިއްކާ ހުރިހާ ބާވަތެއްގެ ތެލުގެ ސްޓޮކް ބާކީ ވަކިވަކިން ބެލެހެއްޓުން.
  4. ތެލުގެ ސްޓޮކް ދަށްވަމުންދާ މިންވަރު ބަލައި ތެޔޮ ހުސްވުމުގެކުރިން ތެޔޮ ގެނެވޭހާ ވަގުތު އޮށްވައި ތެޔޮގެ ހިންގުމާ ޙަވާލުވެހުރި ވެރިއަކަށް ދަންނަވައިގެން ތެލަށް އޯޑަރުކުރުން
  5. ޑީސަލްގެ ސްޓޮކުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތަށް 15 ދުވަހަށް ބޭނުންވާ މިންވަރަށް ތެޔޮ ބަހައްޓާފައި ނޫނީ ނުވިއްކުން. އަދި ތެޔޮމަދުވުމުން ހިންގުމާ ޙަވާލުވެހުންނަ ވެރިއެއްގެ މަޝްވަރާގެމަތިން ކޮންޓްރޯލް ކޮށްގެން ވިއްކުން.
  6. ޓޭންކުތަކަށް ތެޔޮއަޅާ ނިމުމުން ތެލާ ޙަވާލުވެ ސޮއިކޮށް ސްޓޮކްބާކީއަށް އިތުރުކުރުން. އަދި ޑެލެވަރީ ނޯޓް އެޑްމިން އޮފިސަރާ ޙަވާލުކުރުން.
  7. ތެލުގެ އަގަށް ބަދަލެއް އަތުވެއްޖެނަމަ އައި ބަދަލަކާ އެއްގޮތަށް ތެޔޮފިހާރައިން ވިއްކަމުންދާ ތެލުގެ އަގަށް ބަދަލުގެނައުން. އަދި އައިބަދަލު ކަސްޓަމަރުންނަށް ފެންނާނޭހެން ތެޔޮދޫކުރާ ހަޓްގައި ބެހެއްޓުން.
  8. ކުރެޑިޓަށް ދޫކުރާތެޔޮ އިދާރާއިން ދޫކުރާ ސްލިޕް ލިބިގެންނޫނީ ދޫނުކުރުން.
  9. ހަމަޖައްސާ ގޮތެއްގެމަތިން ތެޔޮފިހާރައިގައި ޑިއުޓީ ކުރުމާއި، ތެޔޮވިއްކުމުގެ މަސައްކަތްކުރުން.
  10. ތެޔޮފިހާރައިގައި ބޭނުންކުރާ ޓޭންކުތަކަށް ލިބެމުންދާ ގެންލުންތައް ބެލުމާއި، ޓޭންކުތަކުގައި ދަބަރުޖެހިޔަނުދީ ގިނަދުވަހަށް ދެމެހެއްޓުމަށްޓަކައި ޓޭންކުތަކުގައި ދަވާދުލައި ބެލެހެއްޓުން.
  11. ތެޔޮއެޅުމަށް ބޭނުންކުރާ ޓޭންކުތަކުގެ އެތެރެ ހަޑިވެ ތެޔޮ ނުސާފުވަމުންދާކަން ފާހަގަ ކުރެވިއްޖެނަމަ ޓޭންކު ސާފުކުރުމުގެ މަސައްކަތް ކުރުން. އަދި ތެޔޮ ނުސާފުވެގެން ޓޭންކު ސާފުކުރަންޖެހިއްޖެނަމަ ޓޭންކުގައި ހުންނަ ތެޔޮ މިނެ ސްޓޮކްބާކީ އިން އުނިކުރުން.
  12. ތެޔޮސެންޓަރުގައި ބޭނުންކުރާ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  13. އައްޑަނަ ފިހާރައިން ވިއްކުމަށް ގެންނަ އެހެންނިހެން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ދޫކުރުމާއި، އެމުދަލުގެ ހިސާބުތައް ބެލެހެއްޓުން.
  14. ތެޔޮފިހާރައަށް ލިބޭ ފައިސާ ކޮންމެ ދުވަހެއް ނިމުމުން އޭޓީ އެމް މެދުވެރިކޮށް ކައުންސިލްގެ އެކައުންޓަށް ޖަމާކޮށް ސްލިޕް އިދާރާއާ ޙަވާލުކުރުން.
  15. ކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 

2. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  ނެތް 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ޑްރައިވިން ލައިސަންސް އޮތްނަމަ ކޮޕީ: C1,C3,C4 ފުރިހަމަކޮށްފައިވުން.
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

 

                                                                                                                                                   

                                                                                                                                                   

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. އަސާސީ ޝަރުތު ހަމަވުން 30%
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 5%
  3. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ. 5%
  4. އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް) 25%
  5. އިންޓަރވިއު 35%
  6. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް C1,C3,C4 ފުރިހަމަކޮށްފައިވުން.

ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ މާކްސް 60 އަށްވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 2024 މޭ 22 ވާ ބުދަ ދުވަހުގެ ގެ 12:00 ގެ ކުރިން، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނު އޮންނާނީ، 2024 މޭ 28 އާއި 30 އާ ދެމެދު، ފ. ނިލަންދޫ ކައުންސިލްގެ އިދާރާގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6740016 އަށެވެ. އީ-މެއިލް ކުރާނީ، [email protected] އަށެވެ. މިމަޤާމަކީ ސިވިލް ސަރވިސްގެ މަޤާމެއް ނޫނެވެ. އެހެންނަމަވެސް މިމަޤާމަށް މީހަކު ހަމަޖެއްސުމުގައި ޢަމަލުކުރާނީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މިހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމަންޓް އުޞޫލު" (https://csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

14 މޭ 2024
ހޯދާ