އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މާމިގިލީގައި ތާރުއަޅާ މަގުތަކުގެ މަގުބައްތިތަކަށް ކަރަންޓް އެޅުން

އދ.މާމިގިލީ ގައި ޒަމާނީފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ 6 މަގުގެ މަގުބައްތިތައް ދިއްލުމަށްޓަކައި އެލައިޓުތަކަށް ކަރަންޓް އެޅުމާއި މީޓަރ ހަރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެ އެވެ.   

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2024 މެއި  14 ން 2024 މެއި 16 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން މެންދުރު 12:30 އާދެމެދު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ނެވެ. ބިޑުފޮތެއްގެ އަގަކީ -/200 ރ ( ދުއިސައްތަ ރުފިޔާ ) އެވެ.  ބިޑް ހުށައަޅުއްވާނީ 2024 މެއި 19 ވަނަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2024 މެއި 16 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލަށް ވަޑައިގަތުމަށް ދަޢުވަތުއަރުވަމެވެ. އަދި އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ . 

14 މޭ 2024
ހޯދާ