ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުންގެ ޔުނިފޯމު ތައްޔާރުކޮށް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން

 މި ކުންފުނިން ދައްކަވާ ނަމޫނާ އާއި އެއްގޮތަށް މުވައްޒަފުންގެ ޔުނިފޯރމު ތައްޔާރުކޮށް ސަޕުލައިކޮށް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، ހިތަދޫ ޕޯޓް ލިމިޓެޑްގެ ހެޑް އޮފީހަށް ވަޑައިގެން ކަނޑައެޅިފައިވާ ސުންގަޑީގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.                                                                      

ޕްރީބިޑް މީޓިންގް:

       16 މޭއި 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެޗް.ޕީ.އެލް އެޑްމިން އޮފީހުގައި

ބިޑް ޕުރޮޕޯސަލް ހުށަހެޅުން :

 

23 މޭއި 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ހިތަދޫ ޕޯޓް ލިމިޓެޑަގެ ހެޑް އޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

(ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

އިތުރު މައުލޫމާތު ބޭނުންވާނަމަ:

އީމެއިލް: [email protected]

 ފޯން : 6888546 (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް)

13 މޭ 2024
ހޯދާ