ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ދެވަނަ ޓާމުގެ އިތުރު ކޯސްތަކަށް އިޢުލާން ކުުރުން

އިޢުލާން

 

 

އޮގަސްޓު 2024 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކަށް އެޕްލައިކުރުން 13 މޭ 2024 ވާ ހޯމަ ދުވަހުގެ މެންދުރު 12:30 އިން ފެށިގެން 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް  portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

ފެކަލްޓީ އޮފް އެޑިޔުކޭޝަން

 

1-     ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ (ސްޕެޝަލް އެޑިޔުކޭޝަން) / ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (ސްޕެޝަލް އެޑިޔުކޭޝަން) – މާލެ، ގދ. ތިނަދޫ

2-     ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އެޑިޔުކޭޝަން (ދިވެހި މީޑިއަމް) – ލ. ގަން، ގދ. ތިނަދޫ، ސ. ހިތަދޫ

3-     ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އެޑިޔުކޭޝަން (އިންގްލިޝް މީޑިއަމް) - މާލެ، ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ، ސ. ހިތަދޫ

4-     ބެޗްލަރ އޮފް ޓީޗިންގް ސެކަންޑަރީ (ދިވެހި ލޭންގުވިޖް އެންޑް ލިޓްރޭޝޗަރ) / ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (ދިވެހި ލޭންގުވިޖް އެންޑް ލިޓްރޭޝޗަރ) – މާލެ، ލ. ގަން

5-     ބެޗްލަރ އޮފް ޓީޗިންގް ޕްރައިމަރީ (އިސްލާމް/ދިވެހި) / ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އިސްލާމް/ދިވެހި) – މަލެ، ހދ. ކުޅުދުއްފުށި، ސ. ހިތަދޫ

6-     ބެޗްލަރ އޮފް ޓީޗިންގް ޕްރައިމަރީ (އިސްލާމް/ޤުރްއާން) / ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އިސްލާމް/ޤުރްއާން) - މާލެ

 

ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:

Application announcement 2024 - Term 2

05 ޛުލްޤައިދާ 1445

13 މޭ 2024
ހޯދާ