މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ރަސްވިލި" ސާފުކޮށް ބެލެހެއްޓުމާއި ގުޅޭ

އިޢުލާން

"ރަސްވިލި" ސާފުކޮށް ބެލެހެއްޓުމާއި ގުޅޭ

             އެނގިވަޑައިގަންނަވާނެ ފަދައިން ރައްޔެތުން ނިކުމެލާ ހިންހަމަޖައްސާލާ ކުދިން ގޮވައިގެން ޕިކުނިކު ގޮސް އާއިލާއާއި އެކުގައި ވަގުތު ހޭދަކުރުމުގެ ފަހި ފުރުޞަތު ތަނަވަސްކޮށް ދިނުމުގެ މަތިވެރި މަޤްޞަދުގައި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހިއާއި، ކައުންސިލުން ވަރަށް ބޮޑު ޚަރަދު ކޮށްގެން ރައްޔެތުންގެ ލާބަޔާއި މަންފާ އަށްޓަކައި "ރަސްވިލި" މިނަމުގައި ރަށުގެ ހުޅަނގު ކޮޅުގައި ތުނޑި ހިމެނޭ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކުން އެސަރަޙައްދުގެ ސާފުޠާހިރު ކަމާމެދު ވަރަށް ބޮޑަށް ފަރުވާކުޑަކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

             ދަންނަވަމެވެ. ފުރިހަމަ ޞިއްޙަތެއްގައި ތިއްބެވުމަށްޓަކައި ސާފުތާހިރު ކަމަކީ ނުހަނު ބޭނުންތެރިކަމަކަށް ވާހިނދު ރައްޔެތުންގެ ފަސޭހައަށްޓަކައި އެސަރަޙައްދުގެ ވަށައިގެންވާ ހިސާބުގެ ސާފުތާހިރު ކޮށް ބޭއްވުމުގެ މައްޗަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އަންގާ ހަނދާން ކޮށްދެމެވެ. އަދި ބަހައްޓާފައިވާ ޑަސްބިންތަކަށް ދަޅު، ފުޅި ފަދަ ތަކެތި ފިޔަވާ ކުނިވާ ޒާތުގެ އެއްވެސް އެއްޗެއްނާޅާ އެތަކެތި ރައްކާތެރި ގޮތުގައި ނައްތާލެއްވުން އެދެމެވެ. އަދި ތަން ބޭނުންކުރުމުގައި ބެހެއްޓިފައިވާ ބޯޑް ތަކުގައިވާ ގޮތަށް ޢަމަލުކުރުމަށް ހަނދާކޮށްދެމެވެ. ރައްޔެތުންގެ ހެވާއި ލާބަޔަށްޓަކައި ކުރެވޭ މިފަދަ އެންމެހާ ތަންތަން ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓޭނީ ފަރުދީ ޒިންމާ ނަގައިގެން ކަމުގައި ދެކިވަޑައިގެން " ސާފްތާހިރު އިނގުރައިދޫ" ގެ ގޮތުގައި ބޭއްވުމަށް ކޮންމެ ބޭފުޅަކުވެސް ޚާއްޞަ ސަމާލުކަން ދެއްވުން އެދެމެވެ. މިފަދަ އެންމެހާ ކަންކަމުގައި ތިޔަ ލޮބުވެތި ރައްޔެތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު ދަންނަވަމެވެ.

             މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 މޭ 2024
ހޯދާ