ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ކުލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މުސާރަ:

މަހަކު 6،295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ފ. ދަރަނބޫދޫ ކައުންސިލްގެ އިދާރާ / ކޯޕަރޭޓް އެފެއާޒް ޔުނިޓް

 

 

 

ތަޢުލީމާއި ތަޖުރިބާ:

 

 

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

މައިގަނޑު މަސައްކަތް

  1. ކުލަބު ޖަމްޢިއްޔާތަކާއި ކޮމެޓީތަކާ ގުޅޭ ކަންތައްތަކުގައި އެހީތެރިވުން.
  2. ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށް ބަލަހައްޓަންޖެހޭ ކޮންފަރެންސްތަކާއި އެކިއެކި ބައްދަލުވުންތަކާއި ފާހަގަކުރަންޖެހޭ ދުވަސްތަކާ ގުޅޭ މަސައްކަތް ކުރުން.
  3. ރަށަށް ވަޑައިގަންނަވާ ޢިއްޒަތްތެރިންނާއި ވަފުދުތަކުގެ ބޭފުޅުންނަށް މެހެމާންދާރީ އަދާކުރުން.
  4. ކައުންސިލުން ހަދާ ޤަވާޢިދުތައް ލިޔެ ބެލެހެއްޓުން.
  5. ކައުންސިލްގެ ޖަލްސާތަކާއި ބައްދަލުވުންތަކުގެ ލިޔެކިއުން ފުރިހަމަކޮށް ބެލެހެއްޓުން.
  6. އެކިއެކި އިންތިޚާބުތަކާއި ބޯހިމެނުމާބެހޭ ކަންތައްތަކުގެ ލިޔެކިއުން ބެލެހެއްޓުން.
  7. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ސަރުކާރުންދޭ އެކިއެކި އެހީތައް ލިބެންޖެހޭ މީހުންގެ ކަންތައްތައް ބެލެހެއްޓުން.
  8. ޕްރީސްކޫލުގެ ޚިދުމަތާ ގުޅޭ ލިޔެކިއުން ބެލެހެއްޓުން.
  9. ކައުންސިލް އިދާރާއާއި ރަށްވެހިގެއާއި ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމާއި، ގޯތިތެރޭގައި ގަސްއިންދައި ބެލެހެއްޓުން.
  10. ހަމަޖެހިފައިވާ އުޞޫލުން ކައުންސިލް އިދާރާ ހުޅުވައި ލެއްޕުން.
  11. އ.ޑިރެކްޓަރ ނެތް ޙާލަތެއްގައި އެ މަޤާމުގެ މަސައްކަތް ވަގުތީގޮތުން ކުރެއްވުން.
  12. މަޤާމުގެ މަސައްކަތާ ގުޅުންހުރި ލިޔުންތަކާއި ރިޕޯޓްތައް ލިޔެ ތައްޔާރުކުރުމާއި، ފައިލުކޮށް ބެލެހެއްޓުން.
  13. ވަޒީފާގެ ބަޔާނުގައި ހިމެނިފައިވާ ކަންތައްތަކުގެ އިތުރުންވެސް، އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

މަޤާމަށް އެދެންވީގޮތާއި  ސުންގަޑި:

2015 މެއި 14 ވަނަ  ދުވަހުގެ  14.30 ގެ  ކުރިން ސިވިލް ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމް  ފުރިހަމަކުރުމަށްފަހު ފ. ދަރަނބޫދޫ ކައުންސިލް އިދާރާއަށް.

އިންޓަވިއުއާއި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2015 މެއި 19އާއި 22 އާ ދެމެދު ފ. ދަރަނބޫދޫ ކައުންސިލްގެ އިދާރާގައެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

3.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި ދަތުރު އެލަވަންސް.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލްސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމް (ވަޒީފާއަށް އެދޭ ފޯމާއި، ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު، ފ. ދަރަނބޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބުސައިޓުން (www.dharanboodhoo.gov.mvން) މި ތަކެތި ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިއުން.

5. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ފ. ދަރަނބޫދޫ ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އެ ވަޒީފާއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިއުން.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 

އެހެނިހެން ކަންތައްތައް:

* މި މަޤާމަށް ކުރިމަތިލާ މީހުންނަކީ އުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.

* ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހަޅާ ލިޔުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި އިދާރާގެ 6740015 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6740597 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

11 ރަޖަބު 1436

30 އޭޕްރިލް 2015
ހޯދާ