ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މުސާރަ:

މަހަކު -/6،295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ފ. ދަރަނބޫދޫ ކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް

 

 

 

ތަޢުލީމާއި ތަޖުރިބާ:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ނުވަތަ އައިޓީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

މައިގަނޑު މަސައްކަތް

  1. ޚަބަރާއި މަޢުލޫމާތު ދިނުމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމާބެހޭ ކަންތައްތައް ބެލެހެއްޓުން.
  2. ދަރަނބޫދޫ ކައުންސިލް އިދާރާއަށް ހުށަހެޅޭ ޢާއްމު ޝަކުވާތައް ބެލުން.
  3. ރުއްގަހަށް ބަދަލުދިނުމުގެ ކަންތައް ބެލެހެއްޓުން.
  4. އަލިފާނު ހާދިސާތަކާއި ޤުދުރަތީ ކާރިސާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  5. ރަށުގެ އަމަންއަމާންކަމާއި ޢާއްމު މަޞްލަޙަތު ރައްކާތެރިކުރުމަށް މަސައްކަތް ކުރުން.
  6. ދަރަނބޫދޫ ކައުންސިލްގެ އައިޓީއާއި މުވާޞަލާތުގެ ކަންތައް ބެލެހެއްޓުން.
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގެ ކަންތައްތައް ކުރުމާއި، ބެލެހެއްޓުން.
  8. މީސްމީހުންގެ ރަޖިސްޓްރީގެ ކަންތައްތައް ބެލެހެއްޓުން.
  9. އެކިއެކި ބޭނުންތަކަށް ފަޅުފަޅުން ވެލި އަކިރި ދޫކޮށް ލިޔެކިއުން ބެލެހެއްޓުން.
  10. ރައްޔިތުންނަށް އެންގުމަށް ސަރުކާރުގެ އެކިދާއިރާތަކުން އަންގަވާ ކަންތައްތައް އެންގުން.
  11. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރާ ބެހޭގޮތުން ރަށު ކައުންސިލުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  12. ދިރާގާއި އުރީދޫއާއި، ފެނަކައިން ރަށުގައި ދެމުންގެންދާ ޚިދުމަތަށް ކައުންސިލުން އެހީތެރިވެދޭންޖެހޭ ކަންކަމުގައި އެހީތެރިވެދިނުން.
  13. ގޯތިން ބޭރުގައި ރުއްގަސް އިންދުމާއި ކެނޑުމުގެ ހުއްދަ ދިނުމާއި، ރުއްގަހުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ކުއްޔަށް ދޫކޮށްފައިވާ ރައްޔިތުންގެ ރުއްގަހުގެ ކަންތައްތައް ބެލެހެއްޓުން.
  14. ބިދޭސީންގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.
  15. މަޤާމުގެ މަސައްކަތާ ގުޅުންހުރި ލިޔުންތަކާއި ރިޕޯޓްތައް ލިޔެ ތައްޔާރުކުރުމާއި، ފައިލުކޮށް ބެލެހެއްޓުން.
  16. ހަމަޖެހިފައިވާ އުސޫލުން ކައުންސިލް އިދާރާ ހުޅުވައި ލެއްޕުން.
  17. ވަޒީފާ ބަޔާނުގައި ހިމެނިފައިވާ ކަންތައްތަކުގެ އިތުރުންވެސް، އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

މަޤާމަށް އެދެންވީގޮތާއި  ސުންގަޑި:

2015 މެއި 14 ވަނަ ދުވަހުގެ  14.30 ގެ  ކުރިން،  ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ ފޯމް ފުރިހަމަކުރުމަށްފަހު ފ. ދަރަނބޫދޫ ކައުންސިލްގެ އިދާރާއަށް.

އިންޓަވިއުއާއި، ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2015 މެއި 19 އާއި 20 އާ ދެމެދު ފ. ދަރަނބޫދޫ ކައުންސިލްގެ އިދާރާގައެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންސަން ފައިސާ.

3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި ދަތުރު އެލަވަންސް.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމް (ވަޒީފާއަށް އެދޭ ފޯމާއި،  ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު، ފ. ދަރަނބޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބުސައިޓުން (www.dharanboodhoo.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިއުން.

5. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ފ. ދަރަނބޫދޫ ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އެ ވަޒީފާއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީލިއުން.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 

އެހެނިހެން ކަންތައްތައް

* މި މަޤާމަށް ކުރިމަތިލާ މީހުންނަކީ އުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.

* ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއްނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އިދާރާގެ 6740015  ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6740597 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

11 ރަޖަބު 1436

30 އޭޕްރިލް 2015
ހޯދާ