ހައްދުންމަތީ ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓު ބައިގެ އަސްކެނި ސީލިންގް މަރާމާތުކުރުމާއި ގުޅޭ

ކޯޓު ބައިގެ އަސްކެނި ސީލިންގް މަރާމާތުކުރުމާއި ގުޅޭ:-

މިކޯޓު ބައިގެ ޢިމާރާތުގެ އަސްކެނި ސީލިންގް މަރާމާތުކުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. މިމަސައްކަތައްއެދި ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަންބަރ: (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަންބަރ: (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ތިރީގައި މިވާ ތާރީޚްތަކުގައި މިކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ.

  • ބީލަމުގައި ރަޖިސްޓްރީކުރުން: 14 މެއި 2024 އިން  21 މެއި 2024 އަށް ކޮންމެދުވަހަކު 9:00 އިން 12:00 އަށް މިކޯޓަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން. (ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ޝެޝަންގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.)
  • މަޢުލޫމާތު ސާފުކުރުން: 21 މެއި 2024 އަންގާރަ ދުވަހުގެ 13:00 ގައި މިކޯޓުގައި.
  • ބީލަން ހުށަހެޅުން: 23 މެއި 2024 ބުރާސްފަތި ދުވަހުގެ  13:00 ގައި މިކޯޓުގައި.

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި ބީލަން ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ދުރުވާނަމަ ދުރުވާ ބޭފުޅަކު ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

      ބީލަން ހުށަހަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ކޯޓު ޢިމާރާތުގެ އަސްކެނި ސީލިންގް މަރާމާތުކުރުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މިކޯޓުގެ ފޯން ނަންބަރ 6800542 އަށް ގުޅުއްވުން އެދެމެވެ.

13 މޭ 2024
ހޯދާ