މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މެޝިނަރީއާއި އިކްއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

މިއިދާރާއަށް ބޭނުންވާ ބައެއް މެޝިނަރީއާއި އިކްއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކައުންސިލްގެ ނަންބަރު IUL)307/INDIV/2015/41)ފ(15 އެޕްރީލް 2015) އިޢުލާނާ ގުޅިގެން ތިން ފަރާތުން ޕްރޮޕޯޒަލް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މިއިދާރާއިން އައި.ޑީ ކާޑު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް 01 ކެމެރާ، 01 ކޮމްޕިއުޓަރ ސިސްޓަމް، 01 ފިންގަރޕްރިންޓް ސްކޭނަރ، 01 ސްކޭނަރ އަދި 01 ސައިންޕެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 މޭ 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:30 ގައި މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިގަތުން އޮންނާނީ 20 މޭ 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:30 ގައެވެ. ޕްރޮޕޯޒަލްތައް ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި ޕްރޮޕޯޒަލް ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައި ޕްރޮޕޯޒަލް ކެނޑުން ބޭއްވޭނެއެވެ. ޕްރޮޕޯޒަލް ކަނޑައިބަލާއިރު މަޢުލޫމާތު ސާފުކުރި ފަރާތަށް ދޫކުރެވޭ މަޢުލޫމާތާ އެއްގޮތަށް ހުށަހަޅާ ޕްރޮޕޯޒަލެއް ނޫނީ ބަލައެއްނުގަނެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ އެއްވެސް ފަރާތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ރަޖަބު 1436

07 މޭ 2015
ހޯދާ