މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު

  1. މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ ފަރާތުން ކުރިއަށް އޮތް ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ "ދިއްފުށި ކައުންސިލް ފުޓްސަލް ޗެލެންޖް 2024" މުބާރާތް ހިންގާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
  2. އަންދާސީ ހިސާބު ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ދިވެހި ބަހުންނެވެ. މި މުބާރާތް ހިންގުން އައުޓްސޯސްކުރުމުގެ އުޞޫލު، އަދި މުބާރާތުގެ ހިންގާ ޤަވާއިދު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.
  3. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރ: 2003/1) ގެ ދަށުން ހުށައެޅޭނީ ދިއްފުށީގައި ރަޖިސްޓްރީކޮށްފައިވާ ކުލަބް ޖަމިއްޔާ ޖަމާޢަތަކަށެވެ.
  4. މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 16 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
  5. އަންދާސީ ހިސާބުގެ ވެލިޑިޓީ ޕީރިއަޑަކީ މަދުވެގެން 60 ދުވަސް ކަމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބާއެކު، ހުށަހަޅާ ފަރާތުގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  6. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 19 މޭ 2024 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިއިދާރާގެ މީޓިންގ ހޯލްގައެވެ.
  7. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ

ސަލީމީހިގުން، ކ.ދިއްފުށި

ފޯން: 6640071

އީމެއިލް: [email protected]

12 މޭ 2024
ހޯދާ