މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލަބް އަދި ޖަމިއްޔާތަކުގެ ކޯ-ވޯކިން ސްޕޭސް ގާއިމުކުރުން

ކުޑަފަރީގެ ބިނާވެށި ޕްލޭންގެ 44.1.1 ގައިވާގޮތުގެ މަތިން ތަރައްގީ ކުރެވިފައިވާ ކުލަބް ހައުސްކޮމްޕެކްސް އިމާރާތުގައި އިޖްތިމާއި ހަރަކާތްތައް ހިންގުމަށް ޝައުގުވެރިވާ ކުލަބް ޖަމިއްޔާތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. މި ކޯ-ވޯކިންގ ސްޕޭސްގައި ހިލޭ އިންޓަރނެޓް އަދި އޮފީސް އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައްވަނީ ގާއިމު ކުރެވިފައެވެ.

ވީމާ، ރަށުގައި ހަރަކާތްތެރިވާ މި ފަދަ ޖަމިއްޔާތަކުން ނުވަތަ މިރަށަށް އަމާޒުކުރެވިގެން ހަރަކާތެއް ހިންގުމަށް ބޭނުންވާ ކުލަބު ޖަމިއްޔާތަކުން ކޯ-ވޯކިން ސްޕޭސް ހޯދުމަށްއެދި ތިރީގައި ދެންނެވިފައިވާ ލިންކު މެދުވެރިކޮށް 2024 މޭ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/Jqb14khshbJxNXSA9

 އަދި މީގެ ކުރިން ކުލަބު ޖަމިއްޔާތަކުގެ އޮފީސް އިމާރާތްތައް ހިންގުމަށާއި، އެ ޖަމިއްޔާތަކުގެ މަސައްކަތްތައް ހިންގުމަށް މިރަށުން އެ ފަރާތްތަކަށް ދޫކޮށްފައިވާ ބިންތައް ކަނޑައެޅިފައިވާ އިޖުރާއަތްތަކުގެ ދަށުން އެފަރާތްތަކުގެ ކިބައިން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ކުރިއަށް ގެންދަމުން އަންނަކަން މި ފުރުޞަތުގައި އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.  

12 މޭ 2024
ހޯދާ