އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމިޓީގެ ފަރާތުން ކުރިޔަށް ގެންދާ ފަހާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

އ.ތ.މ ކޮމިޓީގެ ފަރާތުން ކުރިޔަށް ގެންދާ ފަހާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުން.

 އަންހެނުންގެ ތަރަށްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން 2024 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ފަހާ ކޯސް ހިންގައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 19 މެއި 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން  މިކައުންސިލް އ.ތ.މ ކޮމިޓީގެ  [email protected] އީމެއިލަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފާރާތުގެ ނަމާއި ވިޔަފާރި ރަޖިސްޓްރީ އަމިއްލަ ފަރުދެއްނަމަ އައިޑީކާޑް މެއިލް ކުރުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • މި ބީލަމާގުޅިގެން މަޢުލުމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. އަދި މި މަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސްވާނީ އިޢުލާނާއެކީ ޢާންމު ކުރެވިފައެވެ.
  • ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 20 މެއި 2024 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން މިކައުންސިލް އ.ތ.މ ކޮމިޓީގެ  [email protected] އީމެއިލަށެވެ.

ބީލަން ހުށައެޅުން

  • ބީލަން ހުޅުވުން އޮންނާނީ 20 މެއި 2024 ވާ ހޯމަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

 

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

            04 ޛުލްޤަޢިދާ 1445

             12  މެއި  2024

 

12 މޭ 2024
ހޯދާ