ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

މަޤާމު:

އެސިސްޓެންޓް ލީގަލް އޮފިސަރ

މަޤާމުގެ ރޭންކް:

އެލް އެސް 2

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:

ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

9412.00 ރުފިޔާ (ނުވަހާސް ބާރަ ރުފިޔާ)

 

އިތުރުގަޑިއާއި އެހެނިހެން އެލަވަންސް:
  • ސަރވިސް އެލަވަންސް: 3000.00 ރުފިޔާ (ތިންހާސް ރުފިޔާ)
  • ލިވިންގ އެލަވަންސް 2550.00 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 
  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

އަސާސީ ޝަރުޠު:

  1.  މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު، ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޤާނޫނީ ކަންކަމުގައި ދާއިރާގެ މެޖިސްޓްރޭޓަށް އެހީތެރިވެދިނުން.
  • ދާއިރާގެ މެޖިސްޓްރޭޓުންނަށް ބޭނުންވާ ލީގަލް ރިސަރޗް ހެދުން.
  • ކޯޓުގެ ޝަރުޢީ ލިޔެކިޔުންތައް މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ތައްޔާރުކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

  • ލިބިފައިވާ ތައުލީމާއި، ތަޖުރިބާ
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތު ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ކޯޓުގައި ނުވަތަ މި ކޯޓުން ހަމަޖައްސާ ތަނެއްގައެވެ. އިންޓަރވިއު އޮންނަ ދުވަހާއި އިންޓަރވިއު އޮންނަ ތަން، އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތް:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާނީ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމެވެ.މި ފޯމް، މި ކޯޓުން ލިބެން  ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓުން (www.judiciary.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ހުށަހަޅަންޖެހޭ ތަކެތި:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ)
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
  • ވަނަވަރު (ސީ.ވީ)
  • ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ސުންގަޑި:

2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ 14:00

8 ރަޖަބު 1436
27 އޭޕްރިލް 2015
ހޯދާ