ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލެކްޗަރަރ / ލެކްޗަރަރ (ޤުރުއާން)، ދާއިމީ

މަޤާމު، ރޭންކް އަދި ބާވަތް:

ސީނިއަރ ލެކްޗަރަރ / ލެކްޗަރަރ (ޤުރުއާން)

ޕަބްލިކް ސަރވިސް ރޭންކް 9 / 8 ، ދާއިމީ

ބޭނުންވާ އަދަދު: 2

ނޯޓު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފުރަތަމަ ޝަރުޠު ހަމަކުރާނީ ސީނިއަރ ލެކްޗަރަރގެ މަޤާމަށެވެ. ސީނިއަރ ލެކްޗަރަރގެ މަޤާމަށް ޝަރުޠު ހަމަނުވާނަމަ، ލެކްޗަރަރގެ މަޤާމަށް ޝަރުޠު ހަމަކުރެވޭނެއެވެ. މިގޮތުން، ސީނިއަރ ލެކްޗަރަރ އަދި ލެކްޗަރަރއަކަށް ލިބޭ މުސާރައާއި، އެލަވަންސްތަކާއި، މަޤާމުގެ މަސްއޫލިއްޔަތުތައް ތަފާތުވާނެއެވެ.

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަޤާމުގެ ޝަރުޠުތައް:

ސީނިއަރ ލެކްޗަރަރ

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި ލެވެލް 9 އަދި ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި ލެވެލް 9 ގެ ސަނަދު ހާސިލްކޮށްފައިވުން. އަދި މަޤާމުގެ މަސައްކަތުގެ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން. އަދި އެކަޑެމިކް އުފެއްދުންތެރިކަން ލިބިފައިވާކަމަށް ޔުނިވަރސިޓީން ކަނޑައަޅާ މިންގަނޑު ހާސިލުވެފައިވުން. (މި މިންގަނޑު އިއުލާނާއެކު، އެޓޭޗްކުރެވިފައިވާނެއެވެ.)

ލެކްޗަރަރ

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމަށް ކަނޑައަޅާފައިވާ އަސާސީ މުސާރައާއި އެލަވަންސްތައް:

ސީނިއަރ ލެކްޗަރަރ:

އަސާސީ މުސާރަ: 18,503.00ރުފިޔާ

މަޤާމުގެ އެލަވަންސް: 10,597.00 ރުފިޔާ

ހާޒިރީ އިނާޔަތް: 287/- ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

ލެކްޗަރަރ:

އަސާސީ މުސާރަ: 17,808.00ރުފިޔާ

މަޤާމުގެ އެލަވަންސް: 8,311.00 ރުފިޔާ

 

ހާޒިރީ އިނާޔަތް: 225/- ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

ތަޢުލީމީ ރޮނގުތައް އަދި މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް:

ތަޢުލީމީ ރޮނގުތައް: ކީރިތި ޤުރުއާން ނުވަތަ ޤިރާއަތު

މަސައްކަތުގެ ދާއިރާތައް: މަތީ ތަޢުލީމުގެ ދާއިރާގައި ކިޔަވައިދިނުމުގެ މަސައްކަތު ތަޖުރިބާ، ތަފާތު ދާއިރާތަކުގައި އުނގަންނައި ދިނުމާއި ކިޔަވައިދިނުމުގެ ތަޖުރިބާ، ކިޔަވައިދޭ ދާއިރާއާގުޅޭ ސިނާއާތުގައި ޙާޞިލުކޮށްފައިވާ ތަޖުރިބާ، ކިޔަވައިދޭ މާއްދާއާގުޅޭ ދާއިރާއެއްގައި ޕްރެކްޓިސްކޮށް ލިބިފައިވާ ތަޖުރިބާ، ކިޔަވައިދޭ މާއްދާއާގުޅޭ ގޮތުން ދިރާސާކުރުމާއި ޕަބްލިކޭޝަންގެ މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސްއޫލިއްޔަތު:

ސީނިއަރ ލެކްޗަރަރ

1. ފެކަލްޓީން ހިންގާ ކޯސްތަކުގައި ކިޔަވައިދިނުމާއ، ޓިއުޓޯރިއަލްއާއި ޢަމަލީ ކްލާސްތަކާއި ޑެމޮންސްޓްރޭޝަންތަކާއި ވަރކްޝޮޕްތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން

2. ކިޔަވައިދޭ މާއްދާ ކޯޑިނޭޓްކުރުމާއި ކޯސް ކޯޑިނޭޓްކުރުން

3. ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓް ރިވިއުކުރުމާއި ތައްޔާރުކުރުމާއި އެސެސްކުރުމާއި އިންވިޖިލޭޓް ކުރުން

4. އަމިއްލަ ގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާއި ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިޢުކުރުމަށް މަސައްކަތް ކުރުން

5.  އިދާރާއާގުޅޭ ރިސަރޗް ޙަރަކާތްތައް ފާހަގަކޮށް، ރިސަރޗް މަސައްކަތް ޢަމަލީ ގޮތުން ކުރުން

6.  އައު މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން

7.  ވަޒީފާގެ ބާޒާރަށާއި ޤައުމީ ކުރިއެރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ކޯސްތައް އުފައްދައި ހިންގުމާއި، ހަރުދަނާ އެކެޑަމިކް ސްޓޭންޑަރޑްތައް ތަނުގައި ޤާއިމްކުރުމަށް އިސްނަގައިގެން މަސައްކަތްތައްކުރުން

8. ކިޔަވައިދިނުމުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި އެކަމަށް މަސައްކަތްކުރުން

9. ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި މުޤައްރަރާ އެއްގޮތަށް ހުރިތޯ ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުން

10. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ މަސައްކަތްކުރުމާއި ދަރިވަރުންގެ ކިޔެވުމާ ގުޅޭ ސެލްފް ސަރވިސްގެ މަސައްކަތްތައް ކުރުން

11. ދަރިވަރުންނާއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވުން

12. މަރުކަޒު އަދި ޑިޕާޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމިޓީތަކުގައި ބައިވެރިވުން

13. ކިޔަވައިދިނުމުގެ އިތުރުން ފެކަލްޓީ އަދި ޔުނިވަރސިޓީއާ ގުޅުންހުރި ފަންނީ ޙަރަކާތްތަކުގައި ބައިވެރިވުން

14. ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އައު ތަޢުލީމީ ސިޔާސަތުތައް ހުށަހަޅައި، ފާސްކޮށް ތަންފީޒުކުރުމުގައި މެނޭޖްމަންޓަށް އެހީތެރިވުން

15. ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން

 

 

ލެކްޗަރަރ

1. ކިޔަވައި ދިނުމަށް ކަ ނޑައަޅާފައިވާ މާއްދާތަކާއި ކޯސްތަކުގައި ކިޔަވައި ދިނުމާއި އެ ކޯސްތައް ކޯޑިނޭޓްކުރުން

2. ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި އެކަމަށް މަސައްކަތްކުރުން

3. ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި މުޤައްރަރާ އެއްގޮތަށް ހުރިތޯ ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުން

4. ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓް ރިވިއުކުރުމާއި ތައްޔާރުކުރުން އަދި އެސެސްކުރުމާއި އިންވިޖިލޭޓްކުރުން

5. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ މަސައްކަތްކުރުމާއި ދަރިވަރުންގެ ކިޔެވުމާ ގުޅޭ ސެލްފް ސަރވިސްގެ މަސައްކަތްތައް ކުރުން

6. އައު މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން

7. މަރުކަޒު އަދި ޑިޕާޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމިޓީތަކުގައި ބައިވެރިވުން

8. ކިޔަވައި ދިނުމުގެ އިތުރުން ފެކަލްޓީ އަދި ޔުނިވަރސިޓީ އާ ގުޅުންހުރި ފަންނީ ޙަރަކާތްތަކުގައި ބައިވެރިވެ ޔުނިވަރސިޓީ ޕްރޮމޯޓް ކުރުން

9. އިދާރާއާގުޅޭ ރިސަރޗް ޙަރަކާތްތައް ފާހަގަކޮށް، ރިސަރޗް މަސައްކަތް ޢަމަލީ ގޮތުން ކުރުން

10. އަމިއްލަ ގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިޢު ކުރުމަށް މަސައްކަތްކުރުން .

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)

ނޯޓު: ލިބިފައިވާ ހުނަރަށް ޕޮއިންޓް ދިނުމުގައި، އަރަބި ބަސް ދަންނަ، އަރަބި ބަހުން ކިޔަވައިދެއްވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި، ޤުރުއާނާއި އަރަބީގެ އިތުރުން، ހަދީޘް އަދި ސުންނަތާގުޅޭ ދީނީ މޮޑިއުލްސްތައް ތައްޔާރުކޮށް ކިޔަވައިދެވޭނެ ފަރާތްތަކަށްވެސް އިސްކަންދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެ ފުށް ފެންނާނެހެން ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ސީނިއަރ ލެކްޗަރަރގެ މަޤާމުގެ ދެވަނަ ޝަރުޠުން މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، ޔުނިވަރސިޓީގެ އެކެޑަމިކް ޕްރޮފެޝަނަލުންގެ އެކެޑަމިކް އުފެއްދުންތެރިކަން ބަލާ މިންގަނޑުގައި އެވާ ބައިތަކުން އުފެއްދުންތެރިކަން ސާބިތުކުރުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

https://jobs.ium.edu.mv/

  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • 16 މެއި 2024 ވަނަ ދުވަހުގެ 23:59 އަށް

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
  •  މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 17 މެއި 2024 އިން 21 ޖޫން 2024  އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022160 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
11 މޭ 2024
ހޯދާ