މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ ބިޒްނަސް ކޮންކްލޭވްގައި ބައިވެރިވުމާ ގުޅޭ

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ ބިޒްނަސް ކޮންކްލޭވްގައި ބައިވެރިވުމާ ގުޅޭ

 

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ ބިޒްނަސް ކޮންކްލޭވް، 28 މެއި 2024 އިން 29 މެއި 2024 އަށް، ޝަންގްރިލާ - ކޮލޮމްބޯ، ސްރީ ލަންކާގައި، ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަން، ސްރީ ލަންކާ ސަރުކާރުން ވަނީ މި މިނިސްޓްރީއަށް އަންގަވާފައެވެ.

މި ބިޒްނަސް ކޮންކްލޭވްގެތީމަކީ، " ސަސްޓެއިނިންގ ގްރޯތް – ބްރިޖިންގ ހޮރައިޒަންސް" ކަމާއި، މި ކޮންކްލޭވްގައި، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ 23 މެންބަރު ގައުމުގެ އިތުރުން، 12 ޑައިލޮގް ޕާޓްނަރުން ބައިވެރިވުމަށް ހަމަޖެހިފައެވެއެވެ. މި ކޮންކްލޭވްގައި ފޯކަސްކުރާނެ ދާއިރާތަކުގެ ތެރޭގައި، ދަނޑުވެރިކަން، ލޮޖިސްޓިކްސް، އިންފޯރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، ރިނިއުވަބަލް އެނާރޖީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަދި ފަތުރުވެރިކަން ހިމެނެއެވެ.

މި ކޮންކްލޭވްއަކީ، ވިޔަފާރިއާއި އިންވެސްޓްމަންޓް ދާއިރާއިން ވިޔަފާރިވެރިންގެ ގުޅުން ބަދަހިކުރަން ލިބޭ ފުރުސަތެއްކަން ފާހަގަކުރަމެވެ.

މި ބިޒްނަސް ކޮންކްލޭވްގައި،ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް، ބައިވެރިވުމުގެ ފުރުޞަތު އޮތްކަން މި މިނިސްޓްރީއަށް އަންގާފައި ވާތީ، މި ބިޒްނަސް ކޮންކްލޭވްގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން، މި އިވެންޓްގެ ޕްލެޓްފޯމް https://ioraconclave.lk މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދި ދެންނެވީމެވެ.

09 މޭ 2024
ހޯދާ