ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ހޯލް ޢިމާރާތުގެ 3 ކުލާސް ރޫމުގައި ތަށިމުށި ޖެހުން

  ލ. ކުނަހަންދޫ،

އިޢުލާން ނަންބަރު:

GS184/IUL/2024/006

   ދިވެހިރާއްޖެ.

ޕްރޮކިއުމަންޓް ނަންބަރު:

            GS184/PR/2024/001

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ކުނަހަންދޫ ސްކޫލްގެ ހޯލްހިމެނޭ ޢިމާރާތުގެ 3 ކުލާސްރޫމްގައި ތަށިމުށިޖެހުން

  1. މި ސްކޫލުގެ ހޯލްހިމެނޭ ޢިމާރާތުގެ 3 ކުލާސްރޫމުގައި ތަށިމުށި ޖަހާދޭނޭ ފަރާތެއް ހޯދަންބޭނުންވެ، 28 އޭޕްރީލް 2024 ގައި ކުރެވުނު މި ސްކޫލުގެ ނަމްބަރ: GS184/IUL/2024/004 އިއުލާނަށް އިޖާބަދީ، ނަން ނޯޓު ކޮށްފައިވަނީ  އެއްމެ ފަރާތަކުންނެވެ. އެހެންކަމުން، އެ އިޢުލާނު ބާޡިލް ކޮށް، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2024 މޭއި 9 ން 2024 މޭއި 16 ގެ ދުވަހުގެ 14:00 ގެ ނިޔަލަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

  1. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މޭއި 19 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 މޭއި 23 ވަނަ ދުވަހުގެ 13:00 ގައިމި ސްކޫލުގެ އޭ،ވީ ރޫމުގައެވެ.
  3. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000/-ރ.(ފަސްހާސްރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  4. މިޕްރޮކިއުމަންޓާގުޅޭ ބީލަންފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  5. މި ޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކުނަހަންދޫ ސްކޫލް

ލ. ކުނަހަންދޫ

ދިވެހިރާއްޖެ.                                                             

ފޯން:  6800744/9686661

އީ-މެއިލް: [email protected]

ކޮޕީ-މެއިލް:

01 ޒުލްޤައިދާ 1445

09 މޭއި 2024

09 މޭ 2024
ހޯދާ