އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ކޮމިއުނިޓީ ފާރމިންގ ޕްރޮޖެކްޓުގައި މަސައްކަތްކުރާ އައްޑޫގެ ދަނޑުވެރިން ހޯދުމަށް

އިޢުލާން  

 

އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ކޮމިއުނިޓީ ފާރމިންގ ޕްރޮޖެކްޓުގައި މަސައްކަތްކުރާ އައްޑޫގެ ދަނޑުވެރިން ހޯދުމަށް   

އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީއާއި އައްޑޫ ސިޓީ ކައުންސިލާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން އައްޑޫ ސިޓީގައި ކޮމިއުނިޓީ ފާރމިންގ ޕްރޮޖެކްޓެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން ޕްރޮޖެކްޓް ދަށުން އަޅާ ގްރީން ހައުސްތަކުގައި ޢަމަލީ ގޮތުން މަސައްކަތް ކުރާނޭ ފަރާތްތައް ރެކްރޫޓް ކުރުމަށްޓަކައި ޕްރޮޖެކްޓާއި ގުޅޭ މަޢުލޫމާތާއި އޭގެ މަޤްޞަދު އަދި ބައިވެރިވާ ފަރާތްތަކަށް މީގެން ލިބޭ މަންފާތަކާ ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިސެޝަންތަކުގައި ބައިވެރިވާ ފަރާތްތައް ރެކްރޫޓް ކުރުމަށްފަހު ގްރީން ހައުސްތަކުގައި މަސައްކަތް ކުރާނެ ދަނޑުވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

         ވީމާ، މި ސެޝަންތަކުގައި ބައިވެރިވުމަށް  ޝައުގުވެރިވާ ފަރާތްތަކުން 12 މެއި 2024 ން 30 މެއި 2024 ގެ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 12:00 އާއި ދެމެދުގެ ގަޑިތަކުގައި، ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ނޯޓުކުރުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރަސްމީ ނަންބަރަށް 9336787 އަށް ގުޅުއްވުން އެދެމެވެ.

29 ޝައްވާލް 1445

08 މެއި 2024

08 މޭ 2024
ހޯދާ