މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގާއި ގޯޅިއަށް އަރާފައި ހުރި ރުއް ގަހުގެ ގޮތްޕާއި ފަން ކޮށުމާއި ގުޅޭ.

          މަގާއި، ގޯޅިއަށް ހުރި ގަސްތަކުގެ ގޮފިތަކާއި ރުއްތަކުގެ ފަންތައް ހިނގާ ބިނގާވެ އުޅޭ ފަރާތްތަކާއި ދުއްވާ ތަކެއްޗަށް އުނދަގޫ ނުވާގޮތަށް 10 ފޫޓު އުސްމިނުގައި ކޮށުމަށް އަންގާ ހަނދާން ކޮށްދެމެވެ. އަދި މިފަދަ އެންމެހާ ކަންކަމުގައި ފަރުދީ ޒިންމާ ނަންގަވާ ކޮންމެ ބޭފުޅަކު ވެސް އެބޭފުޅެއްގެ ގޯތި ތެރޭގައި ހުރި ރުއް، ގަސް ތަކުން މަގާ ގޯޅިއަށްވާ ގޮތަށް ހުރި މިފަދަ ތަކެތި ކޮށާ ރައްޔެތުންނަށްވާ އުނދަގޫ ފިލުވައި ދެއްވުމަށް ދެންނެވީމެވެ. މިފަދަ އެންމެހާ ކަންކަމުގައި ރައްޔެތުންގެ ފަރާތުން ލިބެމުންދާ އެއްބާރު ލެއްވުމަށްޓަކައި އިޚުލާޞްތެރިކަމާއި އެކު ޝުކުރު ދަންނަވަމެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

08 މޭ 2024
ހޯދާ