އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

މަޤާމު

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ (ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ)

ބޭނުންވާ އަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ)

މުސާރައާއި ޢިނާޔަތްތައް

  • މުސާރަ: -/10،000 ރުފިޔާ
  • ސަރވިސް އެލަވަންސް: -/4500 ރުފިޔާ

ޝަރުޠު

  • މެނޭޖްމަންޓުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓުގެ ދާއިރާއިން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް އިބާރާތްކުރަން އެނގުމާއެކު، ފަރިތަކަމާއެކު މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • އުމުރުން 55 އަހަރު ވެފައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

  • ހިއުމަން ރިސޯސް މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގައި އެހީތެރިވުމާއި، ކޮމިޝަންގެ މުވައްޒަފުން ތަމްރީނުކުރުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވާ ހިންގުން.
  • ކޮމިޝަންގެ މުވައްޒަފުންނާބެހޭ ކަންކަން ހިންގާ ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.

ހުށަހަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ޑިގްރީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓްފިކެޓް އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓްފިކެޓް އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީއިން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެވަނަވަރު.
  • އޭލެވެލް އަދި އޯލެވެލް ސެޓްފިކެޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ.
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި

14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު

  • އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނީ މިކޮމިޝަނުގެ ކައުންޓަރަށެވެ.
  • އެޕްލިކޭޝަން ފޯމު އޮންލައިން ކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
  • އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
  • ވަޒީފާއަށް އެދޭ ފޯމު މިކޮމިޝަނުގެ ކައުންޓަރުންނާއި، މިކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
  • ފޯމު ބަލައިގަތުމަށްފަހުގައިވެސް ސައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠުހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015213/ 3015200

ފެކްސް ނަންބަރު: 3317182

އީމެއިލް: [email protected]

04 މޭ 2015
ހޯދާ