މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
To hire a party to showcase Maldivian gastronomic experience in ITB China 2024

 (IUL)MMPRC-PRO/1/2024/47 :ނަންބަރ

 

އިޢުލާން 

 

2024 ވަނަ އަހަރުގެ މެއި މަހުގެ 27 ން 29 ގެ ނިޔަލަށް ސީނުކަރައިގެ ޝަންޙާއީގައި އޮންނަ އައި.ޓީ.ބީ ޗައިނާ ފެއަރގައި، ރާއްޖޭގެ ސްޓޭންޑްގައި ފަސޭހައިން ތައްޔާރު ކުރެވޭ ދިވެހި ކެއުން ތައްޔާރު ކޮށް ހުށަހަޅާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  2024  މެއި  12 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް، ހ. ޒޮނޭރިޔާގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2024 މެއި 15 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.       

 29 ޝައްވާލު 1445ހ.

 08 މެއި 2024މ

08 މޭ 2024
ހޯދާ